logo
Bank of Maldives

Bank of Maldives

ޚަބަރު

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މައްސަލަ ބަލަނީ، ކޮމެޓީ ސިއްރު

އަޙްމަދު ޒަލީފް
21 ޖެނުއަރީ 2025 - 14:30
ބްރޯޑްކޮމްގެ ނައިބު ރައީސްގެ މައްސަލަ ބަލަނީ، ކޮމެޓީ ސިއްރު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރުއްސާރަކުރި ކަމުގެ ތުހުމަތުވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފި އެވެ.

މި މައްސަލަ ބަލަމުން އަންނަކަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމެޓީން ކަށަވަރުކޮށްދީފައިވާއިރު، މި މައްސަލައާ ގުޅިގެން މިއަދު ފަޒީން ވަނީ ކޮމެޓީއަށް ހާޟިރުކޮށްފައެވެ. ނަމަވެސް މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ފަޒީން އައްޔަންކުރި މާޗް 7، 2021 ގަ އެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސަކަށް ފަޒީން އިންތިހާބުވީ އެ މަގާމުގައި ކުރި ހުރި ކޮމިޝަންގެ ނައިބް  އަހްމަދު ގައިސް، މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މެންބަރުކަމަށް އާމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު އަބްދުﷲ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.

ދައުރުން ބޭރުން ބޭއްވި މި ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ސަރާހަތުގެ ނަމަށެވެ. އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެންބަރުންގެ އިއްތިފާގުންނެވެ.

ދެވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ޝިފްޒާ މުސްތަފާގެ ނަން ފާސްވެފައެއް ނުވެއެވެ. ޝިފްޒާ އައްޔަންކުރުމަށް ފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 50 މެންބަރުން ވޯޓުދެއްވިއެވެ.

ޝިފްޒާގެ ނަން ފާސް ނުވުމުން ދެން ވޯޓަށް އަހާފައިވަނީ މުހައްމަދު އަބްދުﷲ (މުހަންމާ) ބްރޯޑްކޮމްއަށް އައްޔަންކުރުމަށެވެ. މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަންކޮށްފިޚަބަރު | 5 ދުވަސް ކުރިންމީޑިއާތައް ރެގިއުލޭޓްކުރާ ބިލް, އިސްލާހުތަކަކާއެކު ކޮމިޓީން ފާސްކޮށްފިޚަބަރު | މަހެއް ކުރިންމީޑިއާ ރެގިއުލޭޓްކުރާ ބިލަށް އާންމުންގެ ޚިޔާލު ހޯދަން ކޮމިޓީން ނިންމައިފިޚަބަރު | 2 މަސް ކުރިންހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ރީ ބްރޯޑްކާސްޓްކުރެވޭ ގޮތަށް އޮތް ޤަވާއިދު އިސްލާޙުކޮށްފިޚަބަރު | 3 މަސް ކުރިން