logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަންކޮށްފި

އައިޝަތު ނަޝާ
23 އޮކްޓޯބަރު 2025 - 10:50
މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަންކޮށްފި

އަލަށް އުފެއްދި މީޑިއާ ގާނޫނުގެ ދަށުން ވުޖޫދުކުރި މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް މީޑިއާ ކައުންސިލުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފަރުޝަތު މި މަގާމަށް އައްޔަންކުރަން ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވީ އެ މަގާމަށް އެންމެ ގާބިލު ބޭފުޅަކީ ފަރުޝަތު ކަމަށެވެ. ފަރުޝަތަކީ މީގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައިވާ އަދި ސަރުކާރުގެ އެކި ވަޒީފާތައް ވެސް އަދާކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޑިއާ ކޮމިޝަނުގެ ރައީސަކު އައްޔަންކުރުމާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މި އިންޓަވިއުތަކުގައި ކޮމިޓީގެ މެމްބަރުން އެންމެ ބޮޑަށް ސުވާލުކުރެއްވީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ހަރުދަނާކަމާއެކު ތަންފީޒުކުރެވޭނެ މިންވަރާ ބެހޭ ގޮތުންނެވެ. މެންބަރުން ވަނީ އެ ގާނޫނު ތަންފީޒުކުރުމުގައި ރައްޔިތުން ހިތްހަމަޖެހޭ މިންވަރެއްގައި މަސައްކަތް ކުރުމުގެ ގާބިލުކަމާ ގުޅޭގޮތުން ވެސް ކޮމިޝަނުގެ މެންބަރުންނާ ސުވާލުކޮށްފައެވެ.

ކޮމިޓީން ފަރުޝަތުގެ ނަން ފާސްކޮށް، މަޖިލީހަށް ފޮނުވާފައިވީ ނަމަވެސް، ކޮމިޝަނުގެ ރައީސަކަށް އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް ކޮމިޝަނުގެ ނައިބު ރައީސަކު ހޮވާނީ، މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ. މިހާރު އެމްއެމްބީސީގައި ޖުމްލަ ހަތް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ކޮމިޝަނުގެ ރައީސްކަމަށް ފަރުޝަތު އައްޔަންކޮށްފިޚަބަރު | 4 ދުވަސް ކުރިންމީޑިއާތައް ރެގިއުލޭޓްކުރާ ބިލް, އިސްލާހުތަކަކާއެކު ކޮމިޓީން ފާސްކޮށްފިޚަބަރު | މަހެއް ކުރިންމީޑިއާ ރެގިއުލޭޓްކުރާ ބިލަށް އާންމުންގެ ޚިޔާލު ހޯދަން ކޮމިޓީން ނިންމައިފިޚަބަރު | 2 މަސް ކުރިންބްރޯޑްކޮމްގެ ނައިބު ރައީސްގެ މައްސަލަ ބަލަނީ، ކޮމެޓީ ސިއްރު ޚަބަރު | 9 މަސް ކުރިން