ގައުމީ ދުވަހު ރައީސް ދެއްވި ތަގުރީރުގެ މައްޗަށް ދިރާސާއެއް ހަދައި ދަރިވަރުންނަށް އިއްވަންޖެހޭ: ނައިބް ރައީސް

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް. އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ/ ރައީސް އޮފީސް
.jpg&w=3840&q=75)
07 ސެޕްޓެމްބަރު 2024 - 17:04
ގައުމީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރަށް މައްޗަށް ދިރާސާއެއް ހަދައި ދަރިވަރުންނަށް އިއްވަންޖެހޭ ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިފަދައިން ވިދާޅުވީ، އަތޮޅު ފެންވަރުގައި ގަަައުމީ ދުވަސް ފާހަގަކުރުމަށް ށ، މާއުނގުދޫފައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނައިބް ރައީސް ވިދާޅުވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ދެއްވީ ދިވެހި ކިޔަވާ ކުދިންނަށް ވަރަށް އަގުހުރި ދަރުހެއް ކަމަށާއި، އެ ތަގުރީރުގެ މައްޗަށް ދިރާސާއެއް ހަދައި ރާއްޖޭގެ ކޮލެޖް، ޔުނިވާރސިޓީ، އަދި މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް އިއްވަން ޖެހޭ ކަމަށެވެ.
އެގޮތުން ނައިބް ރައީސް ވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ގައުމާމެދު ފަޚުރުވެރިވާ ދަރިންތަކެއް އުފައްދަން ޖެހޭ ކަމަށާއި، ގައުމުގެ ވާހަކަ އެކުދިންނަށް ކިޔައިދީ ދިވެހިންގެ ސަގާފަތާއި އާދަކާދަައް އެކުދިންނަށް ދަސްކޮށްދޭނެ ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ގައުމީ ދުވަހަކީ އެތައް ކާމިޔާބީތަކެއްގެ ހަނދާން ދިވެހިން އާކުރަންޖެހޭ ދުވަހެއްކަން ފާހަގަކުރައްވައި ނައިބް ރައީސް ވިދާޅުވީ، ދިވެހި ދަރިންނަަށް ރީތި ދިވެހިބަހުން ވާހަކަ ދައްކަައި ލިޔެކިޔުމަކީ ފަޚުރުވެރިވާންޖެހޭ ކަމެއްކަން އެކުދިންނަށް ވިސްނައިދޭނެޖެހޭ ކަމަށެވެ.
ރައީސްގެ ތަގުރީރުގައި ވިދާޅުވެފައިވަނީ، ރާއްޖެއަކީ ބަޔަކު ވަޒަންވެރިވި ދުވަސްވަރެއް ނޭނގޭ އެހާމެ އެވޭލާ ގަދީމީ ރާއްޖެއެއް ކަމަށާއި، ރާއްޖޭގައި އަޅުގަނޑުމެން ހޭދަކުރި ހަތަރުހާހެއްހާ އަހަރު ތެރޭގައި އަމިއްލަ ބަހަކާއި، އަމިއްލަ އަކުރެއް އުފެދި، އެބަހަށް އެތައް މުއްސަނދިކަމެއްވެސް ލިބިފައިވާ ކަމަށެވެ.
" މި ރާއްޖެއަކީ މި ތާނގައި ބަޔަކު ވަޒަންވެރިވި ވަކި ދުވަސްވަރެއް ނޭނގޭ، އެހާމެ އެވޭލާ ޤަދީމީ ރާއްޖެއެއް. މި ޒަމާންވީ ދުވަސްތަކުން އަޅުގަނޑުމެން ވަނީ ފުން އާއިލީ ގުޅުންތަކަކުން ގެތި ލާމެހިފައި. ތަނުގެ އަސްލު ވެހީންގެ ގޮތުގައި އަޅުގަނޑުމެން މިތާނގައި ހޭދަކުރި ހަތަރު ހާހެއްހައި އަހަރުގެ ތެރޭގައި އަމިއްލަ ބަހަކާއި، އަމިއްލަ އަކުރެއް އުފެދި، އެ ބަހަށް ވަނީ އެތައް މުއްސަނދި ކަމެއް ލިބިފައި. އަޅުގަނޑުމެންގެ ދިގު ތާރީޚެއް އެބައޮތް. ފުދުންތެރި ސަގާފަތެއް އެބައޮތް. އެތައް ތަރިކައެއް އެބައޮތް. ހައްތަހާވެސް މިއީ މާދަމާގެ މަންޒިލްތަކަށް އަމާންކަމާއެކު ދަތުރުކުރުމަށްޓަކައި ކުނބަށް ނަގަންހުރި ރިޔާތަކެއް" ރައީސްގެ ތަގުރީރުގައި ވިދާޅުވެފައިވެއެވެ.
އިތުރު ލިޔުންތައް

ސަރުކާރުގެ އިދާރާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރަން ރައީސް އިސްކަމެއް ދެއްވާ: ނައިބް ރައީސް
7 މަސް ކުރިން
ކްލަބް މޯލްޑިވްސްގެ މި ސީޒަން ހުޅުވައިދެއްވާނީ ނައިބު ރައީސް
7 މަސް ކުރިން
މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފުރަތަމަ ރާއްޖެ ސިޔާސަތު: ނައިބް ރައީސް
7 މަސް ކުރިން