logoEN
ޚަބަރު

ސައުދީއިން ހަދިޔާކުރި ކަދުރު އަންނަ ހޯމައިން ފެށިގެން ބަހަށް ފަށާނެ

އާމިނަތު ސަފާއާމިނަތު ސަފާ

16 ޖެނުއަރީ 2025 - 10:27

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު އަންނަ ހޯމަދުވަހުން ފެށިގެން ބަހަންފަށާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުންކަމަށާއި އަދި އަތޮޅުތެރެއިން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ވެސް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހާ ހަމައަށް ކަދުރު ބަހާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:00 އަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރޯދަމަހު އިފްތާރު ޕްރޮގްރާމްތައް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ފަރާތްތަކަށް ވެސް ކަދުރުދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން މިނިސްޓްރީގައި ނަންނޯޓް ކުރުމަށް އެދިފައިވެއެވެ.

ކޮންމެ ރަމަޟާން މަހަކަށް ސައުދީ ސަރުކާރުން ދެއްވާ 50 ޓަނުގެ ކަދުރު ރާއްޖެއަށް ވަނީ ގެނެސްފައެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ކަދުރު ހަދިޔާކުރެއެވެ. 6 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ރަސްމީކޮށް ހަވާލުވުން. ވުޒާރާގެ ފަރާތުން ކަދުރާއި ހަވާލު ވެލެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder