logo
Bank of Maldives

Bank of Maldives

ޚަބަރު

ވީޑިއޯ ދައުރުކުރަމުން އަންނަނީ ކަމުގެ ހަގީގަތް އޮޅޭގޮތަށް އެޑިޓް ކޮށްގެން: ވިލުފުށީ ކައުންސިލް

ހުސައިން ވަސީމް
17 ޖެނުއަރީ 2025 - 13:37
ވީޑިއޯ ދައުރުކުރަމުން އަންނަނީ ކަމުގެ ހަގީގަތް އޮޅޭގޮތަށް އެޑިޓް ކޮށްގެން: ވިލުފުށީ ކައުންސިލް

ތ. ވިލިފުށީ މިސްކިތެއްގައި އަންހެނުނަތަކަކާއި ފިރިހެނުން މަސްހުނިވެގެން ކުޅިވަރު ކުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަނީ ކަމުގެ ހަގީގަތް އޮޅެގޮތަށް އެޑިޓްކޮށްގެން ކަމަށް ތ ވިލުފުށީ ކައުންސިލުން ބުނެފި އެވެ.

ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެކަމާގުޅިގެން ވިލުފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކްޕޭޖެއްގައި ސަރުކާރާއި ކައުންސިލް އަދި ވިލުފުށީ ސުކޫލު ބަދުނާމުވާގޮތަށް ކަމުގެ ހަގީގަތް ގަސްތުގައި އޮޅުވާލައިގެން 2024 ވަނަ އަހަރު ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގެންދިޔަ ހަފްލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޓީމް ބިލްޑިންގް އެކްޓިވިޓީގެ ވީޑިއޯއަކަށް މިއުޒިކް އަޅައިގެން އެޑިޓްކޮށްގެން ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ހަގީގަތް އޮޅޭ ގޮތަށް އެ ވީޑިއޯ ފަތުރަމުންދާ މައްސަލަ ކުށްވެރިކުރާ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ވިލުފުށީ ނަލަހިޔާ އިސްލާމީ މަރުކަޒަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ތަނެއް ކަމަށާ ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބާއްވާ އެކިއެކި މުބާރާތްތަކާއި ހަރަކާތްތަކަށް މީގެ ކުރިންވެސް އެތަން ބޭނުންކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެ އެވެ.

ވިލުފުށީ ކައުންސިލަކީ ދީނީ ކަންކަމަށް ހާއްސަ އިސްކަމެއްދީގެން ދީނީ އިލްމުވެރީންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަންކަން ކުރަމުން އަންނަ ކައުންސިލެއް ކަމަށްވެސް އެ ކައުންސިލުން ބުނެ އެވެ.

ޓީޗަރުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށް ކައުންސިލުން ބޭއްވި ހަފްލާއެއްގެ ތަންކޮޅެއް ނަގައިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް އެއަށް މިއުޒިކް އަޅައިގެން ރައްޔިތުންގެ މެދުގައި ސަރުކަރާއި ކައުންސިލާއި ސުކޫލުގެ ޓީޗަރުންގެ އަގުވައްޓަލާ ނަފުރަތު އުފެއްދުމަށް މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއް ހިނގިކަމީ ކައުންސިލުން ކަންބޮޑުވާކަމެއް ކަމަށް ކައުންސިލުން ބުނެ އެވެ. ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުން މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ނުކުރާނެ ކަމަށާ އެފަދަ ކަންކަމަށް ތަރުހީބުވެސް ނުދޭނެކަމަށް ކައުންސިލުން ބުނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތ. ވިލުފުށީ ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންވިލިފުށީ އެއާޕޯޓުގެ މަސައްކަތް މާދަމާ ފަށައި، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ހުޅުވާނަން: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންވީޑިއޯ ދައުރުކުރަމުން އަންނަނީ ކަމުގެ ހަގީގަތް އޮޅޭގޮތަށް އެޑިޓް ކޮށްގެން: ވިލުފުށީ ކައުންސިލްޚަބަރު | 8 މަސް ކުރިން