logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން ދިން ހަމަލާތަކާ ގުޅޭ ފައިލްތައް ލީކުކުރިކަމަށް ސީއައިއޭ ކުރީގެ މުވައްޒަފަކު އިޢުތިރާފުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖެނުއަރީ 2025 - 05:31
އިސްރާއީލުން ދިން ހަމަލާތަކާ ގުޅޭ ފައިލްތައް ލީކުކުރިކަމަށް  އިޢުތިރާފުވެއްޖެ

ޣައްޒާއާއި ލުބްނާނާއި ދެކޮޅަށް އިސްރާއީލުން ހިންގި ހަނގުރާމައާއި، ފާއިތުވި އަހަރު އިސްރާއީލުން އީރާނަށް ހަމަލާދިނުމުގެ ރޭވުންތަކާ ގުޅޭ ސިއްރު ލިޔެކިޔުންތައް ލީކުކުރިކަމަށް ކުރީގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ މުވައްޒަފަކު އިޢުތިރާފުވެއްޖެއެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި، ޔުނައިޓެޑް ސްޓޭޓްސްގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނެފައިވަނީ، 34 އަހަރުގެ އާސިފް ވިލިއަމް ރަޙްމާން، ޤައުމީ ދިފާޢާ ގުޅޭ "ސިއްރު މަޢުލޫމާތު ގަސްތުގައި ބެހެއްޓުމާއި ފޮނުވުމުގެ" ދެ ކުށަށް އިޢުތިރާފުވެފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާއަށް އަދަބު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ މެއި 15 ވަނަ ދުވަހު ކަމަށާއި، އެއްބަސްވުމެއްގެ ދަށުން އެ ދެ ކުށަށް އެންމެ ގިނަވެގެން 10 އަހަރުގެ ޖަލު ޙުކުމެއް ކުރެވިދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"މިސްޓަރ ރަޙްމާން ވަނީ އޭނާ ރައްކާތެރިކޮށް ބަލަހައްޓާނެ ކަމަށް ހުވާކޮށްފައިވާ، ޤައުމީ ދިފާޢާ ގުޅޭ ސިއްރު މަޢުލޫމާތު ޤާނޫނާ ޚިލާފަށް ހިއްސާކުރުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ އިތުބާރަށް ޚިޔާނާތްތެރިވެފައެވެ،" އެސިސްޓަންޓް އެޓަރނީ ޖެނެރަލް މެތިއު ޖީ. އޯލްސެން މި ބަޔާނުގައި ބުނެފައިވެއެވެ.

މި އިޢުތިރާފުން ދައްކުވައިދެނީ، އެމެރިކާގެ ޤައުމީ ސަލާމަތީ ސިއްރުތައް ޤާނޫނާ ޚިލާފަށް ހާމަކޮށްގެން އެމެރިކާއަށް ގެއްލުން ދޭ މީހުން އަވަހަށް ހޯދައި، ހަރުކަށި ގޮތެއްގައި ދަޢުވާކުރުމަށް ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އަވަސްމަސްކަތްކޮށް، އެމެރިކާ ސަލާމަތްކުރުމުގައި ދެމިތިބޭނެކަންކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ރޭވި ގޮތަށް ކުރިއަކަށް ނުދޭ: އިސްރާއީލްޚަބަރު | 4 ގަޑިއިރު ކުރިންތެލުގެ އަގު އުފުލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއްނެތްދުނިޔެ | ދުވަހެއް ކުރިންއެމެރިކާގެ 13 ސިފައިން މަރުވެ 200 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެއްޖެދުނިޔެ | 2 ދުވަސް ކުރިންނަތަންޔާހޫގެ "ހަ އިނގިލި": އޭއައި ވީޑިއޯތަކަކާއެކު ބޮޑެތި ތުހުމަތުތަކެއްދުނިޔެ | 3 ދުވަސް ކުރިން