logo
Bank of Maldives

Bank of Maldives

ދުނިޔެ

ޣައްޒާގައި މަރުވި 15،000 އަށް ވުރެ ގިނަ ކުދިންގެ ހަނދާން އާކޮށްފި

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
19 ސެޕްޓެމްބަރު 2024 - 16:56
ފޮޓޯ- ޢަލްޖަޒީރާ
ފޮޓޯ- ޢަލްޖަޒީރާ

ޣައްޒާގައި ހިނގަމުންދާ ގަތުލްޢާންމުގައި މަރުވި 15،000 އަށް ވުރެ ގިނަ ކުޑަކުދިންގެ ހަނދާނުގައި "އައި އެމް ނޮޓް ޖަސްޓް އަ ނަމްބަރު" ގެ ނަމުގައި ކުރެހުމުގެ އިންސްޓޯލްމެންޓެއް ހުޅުވައިފިއެވެ.

އީރާނުގެ އެމެރިކާގެ އާޓިސްޓެއް ކަމަށްވާ "ބެން ސަމާރޭ" އުފެއްދި އޮރެގަންގެ ޕޯޓްލޭންޑްގައި ދައްކާލާފައިވާ މި އިންސްޓޯލްމަންޓުގައި ގެއްލުނު ކޮންމެ ކުއްޖަކު ރަމްޒުކޮށްދޭ ގޮތަށް ޑްރިލް ކޮށްފައިވާ ހޮޅިތައް ބޭނުންކުރެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޣައްޒާގެ ހަމަނުޖެހުންތަކުގައި މުޅި ޢާއިލާތަކާއި މުޖުތަމަޢުތައް ހަލާކުވެފައިވާއިރު، މަރުވި މީހުންގެ ބޮޑު ބަޔަކީ ކުޑަކުދިންނެވެ. ޣައްޒާއަކީ "ކުޑަކުދިންގެ ގަބުރުސްތާނެއް" ގެ ގޮތުގައި ސިފަކޮށްފައި މިވަނީ ކެނޑިނޭޅި ބޮމުގެ ހަމަލާތަކާއި، ބްލޮކްކުރުމާއި، އާބާދީއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާތަކުގެ ސަބަބުންނެވެ. އެގޮތުން 19،000 އަށް ވުރެ ގިނަ ކުދިން ޔަތީމުވެފައިވާ އިރު، 1،000 އަށް ވުރެ ގިނަ ކުދިންގެ އެއް ނުވަތަ އެތައް ގުނަވަނެއް ގެއްލުނު އިރު، އެ ސަރަހައްދުގައި 30 ކުއްޖަކު ވަނީ ނިއުޓްރިޝަން އާއި ޑީހައިޑްރޭޝަންގެ ސަބަބުން މަރުވެފައެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) ފަދަ ބައިނަލްއަގުވާމީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ބަނޑުހައި ހޫނުކަމުގެ ހަތިޔާރުގެ ގޮތުގައި ސަރުކާރުން ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން މުހިންމު ސާމާނުތައް ބްލޮކްކުރުމުގެ ސަބަބުން ޣައްޒާގައި އިންސާނީ ކާރިސާއެއް ދަނީ އިތުރުވަމުންނެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ބަންދުކޮށްފައިވާ އަދި ބަނޑުހައިހޫނުކަމުގެ ޓެކްޓިކްސް ގެންގުޅޭ ކަމަށް ބުނެ ބައިނަލްއަގުވާމީ ހައްގުތަކަށް މަސައްކަތް ކުރާ 50 އަށް ވުރެ ގިނަ ޖަމާއަތަކުން ވަނީ ޣައްޒާގައި ބަނޑުހައިހޫނުކަން ރަސްމީކޮށް އިއުލާނު ކުރުމަށް މި ހަފުތާގެ ކުރީކޮޅު ގޮވާލައިފަ އެވެ.

އިންސްޓޯލްމަންޓްގެ ޓައިޓަލް، "އައި އެމް ނޮޓް ޖަސްޓް އަ ނަމްބަރު" މި ލަފުޒުން އެ ހަމަނުޖެހުންތަކުގެ އިންސާނީ މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކައިދީ، އެއ އާޓްތައް ބަލަަންދާ ފަރާތްތަކަށް ދައްކައިދެނީ ހައިރާންކުރުވަނިވި އަދަދުތަކުގެ ފަހަތުގައި ވާ ފަރުދީ ދިރިއުޅުމާއި ވާހަކަތަކެވެ. ސަމަރޭ މި ކުދިންނަށް ދޭ ޓްރިބިއުޓްގައި ބާރުއަޅަނީ ކޮންމެ ނަމްބަރަކީ ވެސް ކުއްލިއަކަށް ނިމުނު ދިރިއުޅުމަކާ އެއްގޮތް ވާ ނަމްބަރެއް ކަމެވެ.

ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް އިން އިސްރާއީލާ ދެކޮޅަށް ކުރާ ޖަރީމާތައް މުރާޖައާ ކުރަމުން އަންނައިރު، އެ އިންސްޓޯލްމަންޓުން ދަނީ އިސްރާއީލުގެ ސަރުކާރުގެ މައްޗަށް، ޖަވާބުދާރީވުމަށް ގޮވާލަމުންނެވެ. މި ޕްރޮޖެކްޓުގެ ސަބަބުން  ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ނުފޫޒު ފޯރުވުމަށް ދުނިޔޭގެ މުޖުތަމައުއަށް ޕްރެޝަރު ބޮޑުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލާ ގުޅުންހުރި ސުވާލެއްކުރި އިޓަލީ ނޫސްވެރިއެއްގެ ވަޒީފާ ގެއްލިއްޖެދުނިޔެ | 6 ދުވަސް ކުރިންނަތަންޔާހޫ އާއި އިސްރާއީލްގެ އިސް ވެރިން ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފިޚަބަރު | 8 ދުވަސް ކުރިންއިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޑަޗް އެޕީލްސް ކޯޓުން ވެސް ދެކޮޅުދުނިޔެ | 9 ދުވަސް ކުރިންއިސްރާއީލުން އަނެއްކާވެސް ލުބްނާންގެ ޢާންމު ރައްޔިތުން ތަކަކަށް ޙަމަލާދީފިދުނިޔެ | 9 ދުވަސް ކުރިން