logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
21 ސެޕްޓެމްބަރު 2024 - 13:22
އިސްރާއީލުން ފަލަސްތީނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެ

ޣައްޒާ ސިޓީގައި ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާވަހިކަން ދޭ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 22 މީހުން މަރުވެއްޖެއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހު ޣައްޒާގެ އިރުމަތީ ފަރާތުގައި ހުންނަ ޒީތޫން ސްކޫލަށް ހަމަލާދީފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 13 ކުޑަކުދިންނާއި ހަ އަންހެނުންނާއި ތިން މަހުގެ ތުއްތު ކުއްޖެއްވެސް ހިމެނޭ ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާގައި 30 މީހުން ޒަޚަމްވެފައިވާއިރު، ވީނުވީއެއް ނޭނގި ދެމީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު އެ ސްކޫލުގައި ހިޔާވަހިކަން ހޯދާފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާ ސިޓީގެ ހަމާސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގެ ތެރޭގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ވައިގެ ސިފައިން ސީދާ ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި އެ ޓާގެޓަކީ ޒީތޫން ސްކޫލުގެ އިމާރާތްތަކާ ޖެހިގެން ހުންނަ އަލްފަލާހް ސްކޫލުގެ ތެރޭގައި "އެމްބެޑް" ކޮށްފައިވާ ޓާގެޓެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.

އިސްރާއީލު ސިފައިން އެ ޖަމާއަތުން އަސްކަރީ ބޭނުންތަކަށް މަދަނީ ވަސީލަތްތައް ބޭނުންކުރާ ކަމަށް ގިނަ ފަހަރަށް ތުހުމަތު ކުރެ އެވެ. އެހެން ނަމަވެސް ހަމާސް އިން އެކަން ދޮގުކުރެ އެވެ.

މިއީ ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސްކޫލް އިމާރާތްތަކަށް އިސްރާއީލުން ދިން ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޣައްޒާގެ މެދުތެރޭގައި ހުންނަ އދއިން ހިންގާ އަލް ޖައުނީ ސްކޫލަށް ދިން ހަމަލާއަށް ބައިނަލްއަގްވާމީ ފަރާތްތަކުން ނުރުހުން ފާޅުކޮށްފައި މިވަނީ މަރުވި 18 މީހުންގެ ތެރޭގައި އެ ޖަމިއްޔާގެ ހަ މުވައްޒަފަކު ހިމެނޭ ކަމަށް އދ.ގެ އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އިން ބުނުމާ ގުޅިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ހުށަހެޅުމުން އައިސީސީން ދެކޮޅުހަދައިފިދުނިޔެ | 21 ގަޑިއިރު ކުރިންއިސްރާއީލުން ސުލްހައިގެ އެއްބަސްވުމަކަށް އަމަލެއްނުކުރޭ، ޣައްޒާ އޮތީ ހައްސާސް ހާލަތެއްގައި: ޤަތަރުދުނިޔެ | 11 ދުވަސް ކުރިންހަނގުރާމަ ހުއްޓާލާފައިވާ ކަމާމެދު އިތުރު ސުވާލެއް: ޔަހޫދީ ދައުލަތުގެ އަންނަ އަހަރުގެ "ދިފާއީ" ބަޖެޓަށް 34.63 ބިލިއަން ޑޮލަރުދުނިޔެ | 12 ދުވަސް ކުރިންޣައްޒާ ސުންނާފަތިކުރުން ކުރިއަށް، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ރެއިޑެއް!ދުނިޔެ | 15 ދުވަސް ކުރިން