logoEN
ކުޅިވަރު

ޕީއެސްޖީން ކަވަރަޓްސްކެލިއާ 70 މިލިއަން ޔޫރޯއަށް ސޮއިކުރުވައިފި

ކަވަރާ ޕީ.އެސް.ޖީ ޖޯޒީގައި. ފޮޓޯ: ޕީ.އެސް.ޖީ

ކަވަރާ ޕީ.އެސް.ޖީ ޖޯޒީގައި. ފޮޓޯ: ޕީ.އެސް.ޖީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

18 ޖެނުއަރީ 2025 - 08:35

ފްރާންސްގެ ލީގް 1 ގެ ޗެމްޕިއަންސް ޕެރިސް ސެއިންޓް-ޖަރމޭން (ޕީއެސްޖީ) އިން ނަޕޮލީގެ ޖޯޖިއަން ވިންގަރ ކްވީޗާ ކަވަރަޓްސްކެލިއާ 70 މިލިއަން ޔޫރޯއަށް ސޮއިކޮށްފިއެވެ. 23 އަހަރުގެ ކުޅުންތެރިޔާ ވަނީ ހަތަރު އަހަރާއި ބައިގެ މުއްދަތަށް އެއްބަސްވުމުގައި ސޮއިކޮށް، ލުއީސް އެންރީކޭގެ އިރުޝާދުގެ ދަށުން ނަންބަރު 7 ޖޯޒީލުމަށް އެއްބަސްވެފައެވެ.

ކަވަރަޓްސްކެލިއާ އަކީ 2022-23 ވަނަ އަހަރު ނާޕޯލީ އިން ސެރީ އޭގެ ސްކޫޑެޓޯ ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ ސީޒަންގައި އޭނާ ވަނީ 12 ލަނޑާއި 10 އެސިސްޓް ހޯދާފައެވެ. ނަމަވެސް 2023-24 ވަނަ އަހަރުގެ ސީޒަންގައި ނަޕޮލީ 10 ވަނައަށް ދިއުމާއެކު އޭނާ ވަނީ ޓްރާންސްފަރ ރިކުއެސްޓެއް ހުށަހަޅާފައެވެ. މި ސީޒަންގައި އޭނާ ވަނީ ސެރީ އޭގައި 5 ލަނޑާއި 3 އެސިސްޓް ހޯދާފައެވެ.

ޑްރިބްލިންގ ހުނަރާއި އުފެއްދުންތެރި ކުޅުމަށް މަޝްހޫރު ކަވަރަޓްސްކެލިއާ ވަނީ 2022 އިން ފެށިގެން ސެރީ އޭގައި ޖުމްލަ 47 ލަނޑު ޖަހާފައެވެ.

ލީގް 1 ގެ އެއްވަނައިގައި އޮތް ޕީއެސްޖީ އިން އުންމީދުކުރަނީ ކަވަރަޓްސްކެލިއާ އާއެކު ޓީމުގެ އެޓޭކް ވަރުގަދަކޮށް، ވިދިވިދިގެން ހަތަރުވަނަ ޑޮމެސްޓިކް ލީގު ތަށި ނެގުމާއި ޗެންޕިއަންސް ލީގު ތަށި ކާމިޔާބުކުރުމެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder