logoEN
ކުޅިވަރު

އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެ ޕީ.އެސް.ޖީ ޗެންޕިއަންސް ލީގުން ވަކިވުމާ ގާތަށް

ރޭގެ މެޗުގައި ޕީ.އެސް.ޖީ ގެ ސަޕޯޓަރުން ބޭނުންކުރި ބެނާ. ފޮޓޯ: ގެޓީ އިމޭޖެސް

ރޭގެ މެޗުގައި ޕީ.އެސް.ޖީ ގެ ސަޕޯޓަރުން ބޭނުންކުރި ބެނާ. ފޮޓޯ: ގެޓީ އިމޭޖެސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

07 ނޮވެމްބަރު 2024 - 10:02

ޗެންޕިއަންސް ލިގުގައި އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެ އެ ޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ވަކިވުމުގެ ބިރު ހީވެއްޖެއެވެ. ރޭގެ މެޗުގައި ޕީ.އެސް.ޖީ އިން ބަލިވެފައިވަނީ 1-2 އިން ނެވެ.

މެޗުގެ ކުރީކޮޅު ޒަޔަރ އެމްރީގެ ގޯލުން ޕީ.އެސް.ޖީ ކުރިހޯދިނަމަވެސް އެތްލެޓިކޯއިން ވަނީ ފަހަތުން އަރައި ދެ ގޯލުޖަހާފައެވެ. މެޗުގެ ފަހު ގޯލު އެތްލެޓިކޯ އިން ޖެހީ 90 މިނެޓު ހަމަވިފަހުން ލިބުނު އިތުރު ވަގުތުގެ 3 ވަނަ މިނެޓުގައެވެ.ޕީ.އެސް.ޖީ އިން ވަނީ ޗެންޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު 4 މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ.މުބާރާތުގެ 2 ބުރަށް ދިޔުމަށް ގަދަ 24 ޓީމުގެ ތެރޭގައި ހިމެނެންޖެހޭއިރު މި ނަތީޖާގެ ސަބަބުން ޕީ.އެސް.ޖީ ގެ ކޯޗަށް ވަނީ އިތުރު ޕްރެޝަރާ ކުރިމަތިލާންޖެހިފައެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން އެންމެ ޕޮއިންޓެއް ހޯދައިގެން ޕީއެސްޖީ މިވަގުތު އޮތީ ތާވަލުގެ 25 ވަނައެވެ. މިއާއެކު މުބާރާތުގެ ފުރަތަމަ ބުރުން އަލްވަދާޢު ކިޔަންޖެހިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ރޭގަ މެޗުން ޕީ.އެސް.ޖީ ބަލިވިނަމަވެސް އެޓީމުގެ ސަޕޯޓަރުން ވަނީ ފަލަސްޓީނުގެ ރައްޔިތުންނާއެކު ތިބިކަން އަންގައިދިނުމަށް ބޮޑު ބެނާ އެއް ދައްކާލާފައެވެ. މިއާއެކު ދުނިޔޭގެ މީޑިޔާގެ ގިނަބައެއްގެ ސަމާލުކަން މިކަމަށް ވަނީ ލިބިގެން ގޮސްފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder