ޗެންޕިއަންސް ލީގު: ޕީ.އެސް.ޖީ އަތުން ބަލިވެ ބޮޓުލް އެފް.ސީ ނޭވާ ހޮޅީގައި
23 ޖެނުއަރީ 2025 - 07:26
ޔުއޭފާ ޗެންޕިއަންސް ލީގުގައި ޕީ.އެސް.ޖީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު، ޕީ.އެސް.ޖީ އިން ކާމިޔާބުކޮށްފިއެވެ. މިމެޗު ޕީ.އެސް.ޖީ އިން ކާމިޔާބުކުރީ 2-4 އިންނެވެ.
މިމެޗުގައި ސިޓީ ދެ ގޯލުޖަހާފައިވަނިކޮށް، ޕީ.އެސް.ޖީއިން ވަނީ ފަހަތުން އަރައި 4 ގޯލުޖަހައިފައެވެ. މިއީ މިދެޓީމަށްވެސް މޮޅުވާން މަޖުބޫރުމެޗެކެވެ. މިމެޗަށް ނިކުތްއިރު، މިދެޓީމު ވެސް އޮތީ ޗެންޕިއަންސް ލީގުން ވަކިވުމާއި ގާތުގައެވެ.
ޕީ.އެސް.ޖީ ގެ އަމިއްލަ ދަނޑުގައި ކުޅެވުނި މިމެޗުގެ ހުރިހާ ގޯލެއްވެސް ފެނިގެން ގޮސްފައިވަނީ 2 ވަނަ ހާފުގައެވެ. އެގޮތުން ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 50 ވަނަ މިނެޓުގައި ގްރީލިޝް ކާމިޔާބުކޮށްދިންއިރު، އޭގެ 3 މިނެޓުފަހުން ހާލަންޑު ވަނީ ގޯލުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލާއެކު ޕީ.އެސް.ޖީ އިން ވަނީ ކުޅުން ރަނގަޅުކޮށް، ފުލުފުލުގައި ސިޓީގެ ގޯލާއި އަމާޒުކޮށް ހަމަލާތައް ފޮނުވާލާފައެވެ.
އެގޮތުން ޕީ.އެސް.ޖީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 56 ވަނަ މިނެޓުގައި އުސްމާން ޑެންބެލޭއެވެ. ޕީ.އެސް.ޖީ މެޗުގެ 63 ވަނަ މިނެޓުގައި ނަތީޖާ ހަމަކޮށްދިނީ މެޗުގެ މޮޅުކުޅުމެއް ކުޅުނު ބްރޭޑްލީ ބަރކޯލާއެވެ. މެޗުގެ 78 ވަނަ މިނެޓުގައި ޖޯ ނެވޭސް ޕީ.އެސް.ޖީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގާދީފައިވވާއިރު، ޕީ.އެސް.ޖީގެ ފަހުގޯލު ކާމިޔާބުކޮށްދިނީ 93 ވަނަ މިނެޓުގައި ގޮންސާލޯ ރާމޮސްއެވެ.
ރޭގެ މޮޅާއެކު މުބާރާތުން ވަކިވުމުގެ ބިރުއޮތް ޕީ.އެސް.ޖީއަށް އޮތް ޕްރެޝަރު ކުޑަވެފައިވާއިރު، ގުއާޑިއޯލާގެ ސިޓީ އޮތީ ދެވަނަ ބުރަށް ކޮލިފައި ނުވާހިސާބު، ތާވަލުގެ 25 ވަނައިގައެވެ. މިމުބާރާތުގައި ސިޓީ ދެން ކުޅެން ހަމަޖެހިފައިވަނީ ސިޓީގެ އަމިއްލަ ދަމޑުގައި ބްރާގް އާއި ދެކޮޅަށެވެ.