logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ކަވަރަޓްސްކެލިއާ ޕީއެސްޖީއަށް ބަދަލުވުމުގެ މަގުމަތީގައި

އަބްދުﷲ ޣާނިމް
11 ޖެނުއަރީ 2025 - 08:54
ކަވަރަޓްސްކެލިއާ ޕީއެސްޖީއަށް ބަދަލުވުމުގެ ހުރިހާކަމެއް ނިމިފައިވާކަމަށް ރިޕޯރޓްތައް ބުނޭ. ފޮޓޯ: ދަ ސަން
ކަވަރަޓްސްކެލިއާ ޕީއެސްޖީއަށް ބަދަލުވުމުގެ ހުރިހާކަމެއް ނިމިފައިވާކަމަށް ރިޕޯރޓްތައް ބުނޭ. ފޮޓޯ: ދަ ސަން

ނާޕޯލީގެ ޖޯޖިއަން ފޯވާޑް ކްވީޗާ ކަވަރަޓްސްކެލިއާ ޕެރިސް ސެއިންޓް-ޖަރމޭން (ޕީ.އެސް.ޖީ) އަށް ބަދަލުވުމުގެ މަސައްކަތް ނިމިފައިވާކަމަށް ނޫސްތަކުން ރިޕޯރޓްކުރަން ފަށައިފިއެވެ. އެގޮތުން މި ކުޅުންތެރިޔާގެ ޓްރާންފަރ ގެ އެންމެހައި ކަންކަން އަންނަ ހަފްތާގައި ނިމޭނެކަމަށް މަސްދަރުތަކުން ހާމަކުރެއެވެ.



23 އަހަރުގެ ކްވަރަޓްސްކެލިއާ މި ސީޡަނުގައި އެހާ ރަނގަޅު ފޯމެއްގައި ނެތް ނަމަވެސް، އޭނާ ދޫކޮށްލުމަށް ނާޕޯލީން ނިންމާފައިވާ ކަމަށް ބެލެވެއެވެ. 2022 ވަނަ އަހަރު އެންމެ 12 މިލިއަން ޔޫރޯއަށް ނަޕޮލީއަށް ސޮއިކުރި ކަވަރަޓްސްކެލިއާގެ ޓްރާންސްފަރ އަގު 75 މިލިއަން ޔޫރޯއަށް އަރާނެކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation



މި މުޢާމަލާތުގެ ތެރޭގައި ޕީއެސްޖީގެ ސްލޮވޭކިއަން ޑިފެންޑަރ މިލާން ސްކްރިނިއާ ނާޕޯލީއަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެވެއެވެ. އިޓަލީއަށް އެނބުރި ދިއުމަށް ބޭނުންވާ ސްކްރިނިއާ ނާޕޯލީއާ ގުޅުމުގެ ވާހަކަ ކުރިން ވެސް ދެކެވިފައިވެއެވެ.



ކަވަރަޓްސްކެލިއާ ދޫކޮށްލުމުން އެންޓޯނިއޯ ކޮންޓޭގެ ޓީމުގެ ފޯވަޑް ލައިން ބަލިކަށިވާނެ ކަމަށް ބެލެވެއެވެ. އެގޮތުން މިދިޔަ ޓްރާންފަރ މާކެޓްގައި ލޯނު އެއްބަސްވުމެއްގެ ދަށުން ނަޕޮލީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ވިކްޓޯ އޮސިމެން ވަނީ ތުރުކިޔޭގެ ގަލަޓަސަރާއީ އަށް ބަދަލުވެފައެވެ.  އެހެންކަމުން މިކަން ފޫބެއްދުމަށް ބޯންމަތުގެ ފިލިޕް ބިލިންގ ލޯނު އެއްބަސްވުމެއްގެ ދަށުން ގެނައުމަށް ނިންމާފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫރަޕުގެ ޗެންޕިއަން ޕީއެސްޖީއިން ވޯލްޑް ޗެންޕިއަން ޗެސްލީ ހުތުރު ގޮތަކަށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 15 ދުވަސް ކުރިންކުލަބް ވޯލްޑްކަޕްގެ ބަދަލުހިފައި ދެވަނަ ލެގުގެ ކުރިން ޕީއެސްޖީއަށް ބޮޑު މޮޅެއްކުޅިވަރު | 21 ދުވަސް ކުރިންޗެންޕިއަން ޕީއެސްޖީ ނޭވާ ހޮޅީގައި ގަދަ 16 އަށްކުޅިވަރު | މަހެއް ކުރިންފަހަތުން އަރައި ތިން ލަނޑުޖަހައި، ޕީއެސްޖީގެ ޓީމާމެދު ސުވާލު އުފައްދާ ފަރާތްތަކަށް ބޮޑު ރައްދެއްދީފިކުޅިވަރު | މަހެއް ކުރިން