logoEN
ޚަބަރު

އޭސީސީ އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އަލުން އިއުލާނުކޮށްފި

އެންޓިކޮރަޕްޝަން  ކޮމިޝަން

އެންޓިކޮރަޕްޝަން ކޮމިޝަން

ރަނާ އަޙްމަދު ފަޔާޒްރަނާ އަޙްމަދު ފަޔާޒް

19 ޖެނުއަރީ 2025 - 06:25

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސެކެޓަރީ ޖެނެރަލެއް ހޯދުމަށް އަލުން އިއުލާނުކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ވެސް މި މަގާމަށް ފަރާތެއް ހޯދުމަށް އިއުލާނު ކުރި ނަމަވެސް އެކަށީގެންވާ މިންވަރަށް ފޯމު ލިބިފައިނުވާތީ އެ އިއުލާނު ވަނީ ބާތިލުކޮށްފައެވެ.

މި މަގާމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ދައުލަތުގެ، ބައިނަލްއަގުވާމީ ޖަމާއަތެއްގެ ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި، ބައިނަލްއަގުވާމީ ޖަމާއަތެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މި މަގާމުގެ މަސައްކަތު ދާއިރާގެ ތަޖުރިބާ ގުނުމުގައި ބަލާނީ ސީނިއާ މެނޭޖްމެންޓް އަދި އޮފީހުގެ ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ އަދާކުރި މަގާމެއްގެ ތަޖުރިބާ ލިބިފައިވުމަށެވެ. މީގެއިތުރުން ތައުލީމީ އަސާސީ ޝަރުތުކަމުގައި ބަލާނީ މަތީގައި ބަޔާންކޮށްފައިވާ ދެ ޝަރުތުގައި ހިމެނޭ ތައުލީމީ ސަނަދުގެ ތެރެއިން އެންމެ މައްޗަށް ހާސިލުކޮށްފައިވާ ސަނަދަށެވެ.

މި މަގާމަށް ހުށައެޅުމުގެ ސުންގަޑި އަކީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. މި މަގާމަށް އެދި އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ބަލައިގަންނާނެއެވެ. މީގެއިތުރުން ވެސް އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށައެޅޭނެއެވެ.

ކޮމެންޓް

871x217_placeholder