logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީ ސަރުކާރުން ފެނަކައިން ކޮށްފައިހުރި ވައްކަންތައްވެސް އޭސީސީއަށް ނުބެލުނު: މެމްބަރު އިބްރާހީމް

އާމިނަތު ޝަފާ
1 ނޮވެމްބަރު 2024 - 05:18
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން

އެމްޑީޕީގެ ސަރުކާރުގައި ފެނަކައިން ކޮށްފައި ހުރި ވައްކަންތައްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުބެލުނުކަމަށް ވިދާޅުވެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން ފާޑުވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ފާޑުކިޔުންތައް އަމާޒުކުރެއްވީ މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ ކުރިން އޮންނަ ގޮތުން މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން ކަނޑައެޅުމުގެ ބާރު މެމްބަރުންނަށް ދޫކޮށްލެވިފައިވާކަމަށެވެ. ނަމަވެސް އެއާއެކު މަގުސަދު ހަނދާންނެތި އެ މަގާމަށް ވާދަކުރުމުެގ ކެމްޕެއިންއެއް އެ ބޭފުޅުން ކުރައްވަމުން ގެންދަވާކަމަށް މެމްބަރު ވިދާޅުވިއެވެ. އެއާއެކު 5 މެމްބަރުންގެ ތެރޭގައި އޮންނަންވީ އެއްބައިވަންތަކަން ހަމަނުޖެހުމަކަށް ބަދަލުވެގެންދާތީ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ރައްޔިތުންގެ އަތްމައްޗަށް މިކަން ދޫކޮށްލައްވަންކަމަށެވެ.

ވޭތުވެ ދިޔަ ތަނުގައި ސަރުކާރުތަކާއި ކުންފުނިތަކުގެ އިސް މީހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަމަށާއި ނަމަވެސް އެފަދަ މައްސަލަތަކުގައި އެސީީސީއާ މަތިކޮށްފައިވާ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްފައި ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އޭސީސީއަކި ވަރަށް ނަޒާހާތްތެރިކަމާއެކު ކުރިއަށް ގެންދަންޖެހޭ މުއައްސަސާއެއްކަމަށް ގަބޫލުކުރާއިރުވެސް ރައްޔިތުންގެ އަތުން ގެއްލިފައި ހުރި ފައިސާ ހޯދުމަށާއި އެ ފައިސާއަށް ހިޔާނާތްތެރިވީ މީހުންނަށް ފިޔަވަޅުއެޅުމަށް އޭސީސީން މަސައްކަތް ނުކުރާކަމަށެވެ.

"މިސާލަކަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭސީސީން ކުރީ ކޮންކަމެއްތޯ؟ ކުރީ ސަރުކާރުން ވި ހިޔާނާތްތަކަށް އެޅުނު ފިޔަވަަޅަކީ ކޮބާތޯ؟ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެބޭފުޅުންނަށް އެބޭފުޅުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭކަމަކަށް."

މޫނަށް ކަނދުރާއަކަށް ބެލުމެއްނެތި އޭސީސީން ގާނޫނު ތަންފީޒުކުރަން މަސައްކަތް ކުރަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ. މީގެ ކުރިންވެސް މަޖިލީހުގެ މިނިވަން މުއައްްސަސާތަކުގެ ކޮމިޓީއަށް އޭސީސީ ހާޒިރުކޮށް ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އެންގިފައިވާނެކަމަށާއި އޭސީސީން މަސައްކަތް ފަށަންޖެހޭނީ މަޖިލީހަށް ހާޒިރުކުރީމަ ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

" ފެނަކައިން ކޮށްފައިހުރި ވައްކަން ކިހާވަަރަކަށް މި ދައްކަނީ. 4.3 ބިލިއަން ގެއްލިފައޭ ވަނީ މަޖިލީހުގެ ތަޅުމުގައި މި ކިޔަނީ. މިފައިސާ ހޯދަން އޭސީސީން ކުރީ ކޮންކަމެއް؟. އޭސީސީއަކުން ނުކުރޭ އެ މަސައްކަތެއް".

މިނިވަން މުއައްސަސާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އޭސީސީގެ ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން މިހާރުވަނީ މަޖިލީހަށް ހުށަހެޅިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | 24 ދުވަސް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން