ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅުވާ ގޮތަށް ހަދަނީ


19 ޖެނުއަރީ 2025 - 07:30
ފެހުރިހި ހިމާޔަތްކުރުމާއި، އޭގެ ޤުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށްޓަކައި އެތަކެތި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވަންޖެހޭ ގޮތް ހެދުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތްތައް ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ހިއްސާކުރައްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ސަމްޕާ ސަރަހައްދުގެ އިތުރުން، ފެހުރިހި އުޅޭ އެހެން ސަރަޙައްދުތަކަށްވެސް އެތަކެތި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އަޅުވައިގެން ވަންނަ ގޮތަށް ހެދުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން އދ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް (ސަމްޕާ) ސަރަޙައްދަކީ ކޮންމެ ދުވަހެއްގައިވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ސަރަޙައްދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ބޮޑު ސަރަޙައްދުކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
" އެއްކަމަކީ ވޭލް ޝާކެއްގެ ފަހަތުން ބައެއް ފަހަރު 100 ގެސްޓުންވެސް އެބަ ފަތާ. ނޯވެ ވަކި އުޞޫލެއް. އެތާ އެތެރެއަށް ލޯންޗް ފަހަރުވެސް ވަންނަނީ.، ބޮޑެތި ސަފާރީތައް ވެސް ވަންނަނީ އޭގެއިތުރަށް އެމީހުން ބަލަހައްޓާނެ މީހުންނެއް ނޯވޭ. "
ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެކަމަށް އަމަލުކުރަން ފަށާނެކަމަށާއި، ފެހުރިހި ބެލުމަށް ފަތުރުވެރިން ގޮވައިގެން ގޮސް އުޅޭ ގޮޮތް ބެލުމަށްޓަކައި މޮނިޓަރ ކުރުމަށް ޚާއްސަ ލޯންޗެއްވެސް ހަމަޖައްސާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ފެހުރިހި ހިމާޔަތް ކުރުމަށްޓަކައި މިދިޔަ އަހަރު ތެރޭގައި ގާނޫނީ އުސޫލެއްވެސް ވަނީ އެކުލަވާލާފައެވެ. މި އުޞޫލުގައި ފެހުރިހި ހިމާޔަތްކުރުމުގައި ސަމާލުވާންވީ ކަންކަމާއި އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ފެހުރިއްސާ މެދުގައި އަމަލުކުރާނެ ގޮތް ހިމެނާފައިވެއެވެ.
އިތުރު ލިޔުންތައް

މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ވުޖޫދަށް ވަނީ ނުރައްކާވެފައި- ވަޒީރު
7 މަސް ކުރިން
ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް ބަދަލުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށް - މިނިސްޓަރ
6 މަސް ކުރިން
ވެރިކަމުގައި ހުންނެވިއިރު، ޔާމީން އެންމެ ފަހަރަކު ވެސް އދ. އަށް ވަޑައިނުގަންނަވާ: ވަޒީރު ތޯރިގު
6 މަސް ކުރިން