logoEN
ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރިކަމަށް ތުހުމަތުވާ ޓީޗަރު ދޫކޮށްލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ

19 ޖެނުއަރީ 2025 - 11:47

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރިކަމަށް ތުހުމަތުވާ ޓީޗަރު ކޯޓުން ދޫކޮށްލައިފިއެވެ.

މާލޭގެ ސްކޫލެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު ޖިސްމާނީ އަނިޔާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ޓީޗަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ޝަރުތުކޮށް ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder