logo
Bank of Maldives

Bank of Maldives

ވިޔަފާރި

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 އަށް ތައްޔާރުވުންތައް ފެށިއްޖެ

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
20 ޖެނުއަރީ 2025 - 06:34
 މެރިިން  އެކްސްޕޯ 2025
މެރިިން އެކްސްޕޯ 2025

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިއަހަރުގެ ފެބްރުއަރީ 6 އިން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 އަށް ތައްޔާރުވުންތައް ފެށިއްޖެއެވެ.

މި އެކްސްޕޯއަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީގެ އެންމެ ބޮޑު އިވެންޓެވެ. ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިންތިޒާމުކުރާ މި އެކްސްޕޯގެ 10 ވަނަ އަހަރީ ފާހަގަކުރުމަށް ވެސް މިއަހަރު ހަމަޖެހިފައިވެއެވެ.

މި އެކްސްޕޯގައި ރާއްޖެއާއި ބޭރުގެ މެރިން އިންޑަސްޓްރީގެ ލީޑަރުންނާއި، އީޖާދުކުރާ ފަރާތްތަކާއި، ޝައުގުވެރިވާ ފަރާތްތައް ބައިވެރިވާނެއެވެ. މި އަހަރީ އިވެންޓަކީ ރާއްޖޭގެ ބޯޓިންގ އަދި މެރިން ދާއިރާގެ މުހިންމު ހަރަކާތަކަށް ވެފައިވާއިރު، އެންމެ ޒަމާނީ ޓެކްނޮލޮޖީތަކާއި، ޚިދުމަތްތަކާއި އަދި އުފެއްދުންތައް ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. މިއަހަރުގެ އެކްސްޕޯގައި އޯޝަން ގްރޫޕް މޯލްޑިވްސް، ޖަލްބޫޓް ގްރޫޕް، ޑައިވް ރެއިޑް މޯލްޑިވްސް، މެރިންޑޯ ޕްރައިވެޓް ލިމިޓެޑް އަދި މެރިން ވައިބް ފަދަ ގިނަ ކުންފުނިތަކުން ބައިވެރިވާނެއެވެ.

4 ދުވަހުގެ މުއްދަތަށް ބޭއްވޭ މި އެކްސްޕޯގައި އެންމެ ޒަމާނީ މެރިން އިކުއިޕްމަންޓްތަކާއި އުޅަނދުތައް ދައްކާލުމާއި، ދެމެހެއްޓެނިވި މެރިން ހައްލުތަކާއި ތިމާވެއްޓާ ރައްޓެހި އީޖާދުތައް ހިމެނޭ ބޫތުތަކާއި، މެރިން ދާއިރާގެ ޕްރޮފެޝަނަލުންނާއި ޝައުގުވެރިވާ ފަރާތްތާ ފަރާތްތައް ގުޅުވައިދޭ ނެޓްވޯކިންގ ސެޝަންތަކާއި، އަދި ދާއިރާގެ މާހިރުން ނަގައިދޭ ވޯކްޝޮޕްތަކާއި ސެމިނަރތައް ހިމެނެއެވެ.

މިއަހަރުގެ އެކްސްޕޯގައި މެރިން ދާއިރާގައި ދެމެހެއްޓެނިވި ގޮތްތަކަށް އަހައްމިއްޔަތުކަން ދީފައިވާއިރު، ގްރީން ޓެކްނޮލޮޖީތަކާއި އަމަލުތަކާ ގުޅޭ ގިނަ އެގްޒިބިޝަންތަކާއި ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި އިވެންޓުގެ މަޤްޞަދަކީ ދާއިރާގެ ފަރާތްތަކުގެ މެދުގައި މުހިންމު ގުޅުންތައް ޤާއިމުކޮށް، މަޢުލޫމާތު ޙިއްޞާކުރުމާއި، ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ތަރައްޤީއަށް އެހީތެރިވުމެވެ.

މި އެކްސްޕޯއަކީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ދާއިރާގެ ޕްރޮފެޝަނަލުން ބައްދަލުވާ މުހިންމު ތަނަކަށް ވެފައިވާއިރު، އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތައް ބެލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ރާއްޖޭގެ މެރިން އިޤްތިޞާދުގެ ކުރިއެރުމަށް މަގުފަހިކުރާ އެއްބާރުލުންތައް އުފެއްދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބްރޭންޑްތަކާ ބައްދަލުކޮށް، ދުނިޔޭގެ މެރިން އިންޑަސްޓްރީގެ ޓްރެންޑްތަކާ ބެހޭ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ބޯޓިންގ އަދި މެރިޓައިމް ދުނިޔޭގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިތުރަށް ފާހަގަކުރެވިގެންދާނެއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އެކްސްޕޯއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި، ތާވަލުތަކާއި އިތުރު ތަފްޞީލުތައް މޯލްޑިވްސް މެރިން އެކްސްޕޯގެ ރަސްމީ ފޭސްބުކް ޞަފްޙާއިން ލިބެން ހުންނާނެއެވެ.

މި އެކްސްޕޯއަކީ އާންމުންނަށް ހުޅުވާލެވިފައިވާ، ހިލޭ ވަދެވޭ އިވެންޓެއް ކަމުން، ބޯޓިންގ އަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނަށާއި، އާއިލާތަކަށް މެރިން ދުނިޔޭގެ އަޖައިބުތަކާ ބައްދަލުކުރުމުގެ ރަނގަޅު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.

މި އެކްސްޕޯއަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާނެ އިވެންޓެއް ކަމަށް ބެލެވޭއިރު، ރާއްޖޭގެ އިޤްތިޞާދަށް ވެސް ފައިދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް ގިނަ ބައިނަލްއަޤްވާމީ ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 އަށް ތައްޔާރުވުންތައް ފެށިއްޖެވިޔަފާރި | 8 މަސް ކުރިން