ރ.ވާދޫގައި އޭޓީއެމް ބަހައްޓަން އެއްބަސްވުމުގައި ސޮއިކޮށްފި


21 ޖެނުއަރީ 2025 - 06:07
ރ. ވާދޫގައި އޭޓީއެމް ބަހައްޓަން ބޭންކް އޮފް މޯލްޑިވްސްއާ އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރ.އަތޮޅުގެ 11 ރަށަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ ނޮވެމްބަރުމަހުއެެވެ.
މި މަޝްރޫޢުގެ ދަށުން ފުރަތަމަ އިފްތިތާޙުކުރި އޭ.ޓީ.އެމް. އަކީ އދ. އޮމަދޫގައި ޤާއިމުކުރެވުނު އޭ.ޓީ.އެމް އެވެ. މިވަގުތު ދިވެހިރާއްޖޭގައި ބީ.އެމް.އެލް ގެ 150 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖޭގައި 250 އަށްވުރެ ގިނަ އޭ.ޓީ.އެމް ޤާއިމުކުރުމަކީ މި މަޝްރޫޢުގެ އަމާޒެކެވެ. މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.
އިތުރު ލިޔުންތައް

ޑޮލަރުގެ މުޢާމަލާތްތައް ވަގުތީ ގޮތުން މެދު ކަނޑާލީ ޑޮލަރު ނުލިބޭތީ: މެންބަރު އަޒާން
8 މަސް ކުރިން
ބީއެމްއެލްގެ ރުފިޔާކާޑުންދޭ ޑޮލަރުގެ ޚިދުމަތްތައް މެދުކަނޑާލައިފި
8 މަސް ކުރިން
ބީއެމްއެލް ގެ ނިންމުން އަނބުރާ ގެނެސްފި
8 މަސް ކުރިން