މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ފުރަތަމަ ދަތުރު ޗައިނާއިން ރާއްޖެއަށް

މޯލްޑިވިއަން އިން ގެނައި އޭ-330 މަރުކާގެ ވައިޑް ބޮޑީ މަތިންދާ ބޯޓު -- ފޮޓޯ: ނިޝާން / މިހާރު

21 ޖެނުއަރީ 2025 - 11:51
މޯލްޑިވިއަނުން އަލަށް ގެނައި، އެއާބަސް އޭ-330 މަރުކާގެ ވައިޑް ބޮޑީ އެއާ ކްރާފްޓްގެ ފުރަތަމަ ދަތުރު ޗައިނާއިން ރާއްޖެއަށް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން މި ދަތުރުގައި، އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، އެ ބޯޓު ޗައިނާގެ ތިން މަންޒިލެއް ކަމުގައިވާ ޗެންގްޑޫ، ބެއިޖިންގް އަދި ޝެންހާއީ އަށް ދަތުުރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޗެންގްޑޫއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 688 އެމެރިކާ ޑޮލަރުންނެވެ. މީގެ އިތުރުން، ބެއިޖިންއަށް ދަތުރުކުރުމަށް ނިންމާފައިވާއިރު، ބެއިޖިންގެ ދެކޮޅު ޓިކެޓުގެ އަގު 788 އެމެރިކާ ޑޮލަރުން ފެށޭއިރު، ޝެންހާއީ އަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 777 އެމެރިކާ ޑޮލަރުންނެވެ.
އެގޮތުން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ބެއިޖިން އަށް ދަތުރުތައް ފެށުމަށް ނިންމާފައިވާއިރު، ޝެންހާއީ އަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަންގެ އައު މަތިންދާ ބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެއާބަސް އޭ330 މަރުކައިގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.
މި އައު އެއާބަސް އޭ330 ބޯޓާ އެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ. އަދި ޗައިނާއަށް މި ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް ވެސް ވަނީ އިތުރުވެފައެވެ.
އިތުރު ލިޔުންތައް

"މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙުކޮށްފި
6 މަސް ކުރިން
މޯލްޑިވިއަންގެ ފްލައިޓެއް ސްޓާޓް ނުވެގެން ފުރުން ލަސްކޮށް، ފަސިންޖަރުން ބާލައިފި
5 މަސް ކުރިން
ކޫއްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށް މަޝްވަރާކޮށްފި
5 މަސް ކުރިން