logoEN
ޚަބަރު

އެސްޖޭ ކުންފުނިން އަޅާ މިސްކިތުގެ މައުލޫމާތު ވަޒީރު ހާމަކޮށްދެއްވީ ތާރީހުތަކުން

އެސްޖޭ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް އެޅުން--ފޮޓޯ: އެސްޖޭ

އެސްޖޭ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް އެޅުން--ފޮޓޯ: އެސްޖޭ

2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ގައި އެސްޖޭ ކުންފުނިން ހުޅުމާލެގައި އަޅަން ފެށި މިސްކިތުގެ މަޝްރޫޢުގެ އަދާހަމަ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތާރީހުތަކުން ހާމަކޮށްދެއްވައިފިއެވެ.

ވަޒީރު ހާމަކޮށްދެއްވި މިސްކިތުގެ މަސައްކަތްތަކުގެ ޓައިމްލައިންތައް

15/02/22 - ގައި ބިން ހަވާލުކުރެވުނު

23/03/22 - ގިބްލަ މާކްކޮށް ދޭން މިނިސްޓްރީގައި އެދުނު

20/11/22 - ގިބްލަ މާކްކޮށް ދޭން އެދުނުތާ 252 ދުވަސް ވީއިރުވެސް ގިބްލަ މާކް ނުކޮށްގެން ގިބްލަ މާކް ކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ސިޓީ ފޮނުވުނު

18/12/22 - މިނިސްޓްރީން ގޯތީގެ އިން ވަކިކޮށްދިން (ގިބުލަ ޖަހައިނުދޭ)

19/12/22 - މިނިސްޓްރީން ގޯތީގެ އިންވަކިކުރީ ނުބައިކޮށްކަމަށް އެޗްޑީސީން އެންގި

02/01/23 - ގޯތީގެ އިން ވަކިނުކުރެވި މަސައްކަތް ހުއްޓިވާތީ ގެއްލުންވާކަމަށް އެސްޖޭ އިން މިނިސްޓްރީއަށް އެންގި

24/01/23- 02/01/23 ގައި ފޮނުވި ސިޓީއަށް ޖަވާބު ނުލިބޭތީ އިތުރު ސިޓީއެއް ފޮނުވުނު

03/01/23 - އިންވަކޮށް އަލުން މަސައްކަތް ފަށަން އެންގި

09/02/23 - ކުރެހުމާއި ގޯތީގެ ބޮޑު މިން ދިމާނުވެގެން އެމައްސަލަ ހައްލު ކުރުމަށް އެދެނު

02/04/23 - ސެޓްބެކް މައްސަލަ ހައްލުކޮށްދީ އަލުން މަސައްކަތް ފަށަން އެންގި

17/05/23 ފައުންޑޭޝަން އިންޕެކްޝަނަށް ރިކްއެސްޓް ކުރެވުނު

28/05/23 އިންޕެކްޝަން ހަދާނުދީގެން ރިމައިންޑަރ ފޮނުވުނު

24/06/23 ގައި ފައުންޑޭޝަން އިންޕެކްޝަން ހަދާދީ ކޮންކްރީޓް އެޅުމަށް ހުއްދަދެވުން

މި މަޝްރޫޢުއާއި ގުޅިގެން ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މި މަސައްކަތް އަލުން ފެށުނީ މި ސަރުކާރު އައިފަހުންނެވެ. އަދި އެ ވުޒާރާއިން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަންކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި، ވަޒީރު އެތަނަށް ޒިޔާރަތްކޮށް ދިމާވެފައި ހުރި ދަތިތައް ބަލައި، ޙައްލުކުރަންޖެހޭ ކަންކަން ޙައްލުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، މި މިސްކިތް އަޅަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތިކަމުގައި ދެކެވޭ ވާހަކައަކީ ދޮގުވާހަކައެއް ކަމަށާއި، 2022 ގައި މަސައްކަތް ފެށިފަހުން މިއަދާހަމަ އަށް މި މިސްކިތުގެ މަސައްކަތަށް ގެނައި އެއްވެސް އެއްޗަކުން ޑިއުޓީ މާފްކޮށްފައި ނުވާކަމަށެވެ.

35 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder