ޚަބަރު
އަޙްމަދު ޒަލީފް



މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ ދެ އަތޮޅަށް ވައިޓް އެލާރޓް


22 ޖެނުއަރީ 2025 - 12:37
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ދެއަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މިރެއާ ހަމައަށް ނެރެފައިވާ އެލާޓުގައި މެޓުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
އިއްޔެވެސް މޫސުން ގޯސްކޮށް އޮތް މި ސަރަހައްދަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވަނީ ބުނެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގައި ބުނެފައިވަނީ އައްޑޫސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
އިތުރު ލިޔުންތައް

ސަމާލުވޭ، ރ.އަތޮޅަށް މޫސުން ގޯސް
3 މަސް ކުރިން
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް، ފަރުދީ ޒިންމާ އަދާކުރޭ - އެންޑީއޭ
3 މަސް ކުރިން
ފެން ހިންދަން ބޭނުންކުރާ 72 ޕަންޕު އަތޮޅުތެރެއަށް ފޮނުވައިފި
3 މަސް ކުރިން