logo
މާޅޮހު ފަޅުތެރޭގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި ދެމީހަކު ޒަޚަމްވެއްޖެE-Platinum
ޚަބަރު

މާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ

ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން -- ފޮޓޯ: އެމްއެންޑީއެފް
ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން -- ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ހުރި ގުދަނެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފި ކަމަށެވެ.

 އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ރޭފަތިހު 04:20 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފަ ކަމަށް އެއިދާއިރާއިން ބުންޏެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރުއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރުއެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. 

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ( އެން.ޑީ.އެމް.އޭ) ބުނި ގޮތުގައި އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ( 14 ދިވެހިން އަދި 19 ބިދޭސީން) ފާހަގަ ކުރެވުނު. ކަމަށެވެ.

އަދި މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން މިދަނީ ހަމަޖައްސަމުން. ބިދޭސީ 1 ޢާއިލާ ވަނީ އަމިއްލަ ވަޤުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައި. 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ ކަމަށް އެއޮތޯރިޓީ އިން ބުންޏެވެ.

 

 

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަންޚަބަރު | 13 ދުވަސް ކުރިންއެމްއެންޔޫ ޖޮބް ފެސްޓިވަލުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެޚަބަރު | 2 މަސް ކުރިންއަލިފާނުގެ ހާދިސާއާ ގުޅިގެން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި ޚަބަރު | 6 މަސް ކުރިންމާލޭގެ ގުދަނެއްގައި އަލިފާން ރޯވެއްޖެ ޚަބަރު | 6 މަސް ކުރިން