logo
Bank of Maldives

Bank of Maldives

ޚަބަރު

ނ. ހޮޅުދޫ ޒަކިއްޔާ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން

ހުސައިން ވަސީމް
23 ޖެނުއަރީ 2025 - 07:42
ނ. ހޮޅުދޫ ޒަކިއްޔާ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން

ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަން ފަށައިފި އެވެ.

އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. އެ ޙާދިސާ ހިނގީ މިދިޔަ ހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކަށް މިހާތަނަށް އައިއިރު އަދި ތުހުމަތެއް ނުކުރެ އެވެ. އެހެން ނަމަވެސް، ޒަކިއްޔާގެ މަރުވީ އަމިއްލައަށް ނޫން ކަމަށް އެރަށުގެ މީހުން ބުނަމުން ދެ އެވެ. ފުލުހުން ބުނެފައި ވަނީ އެކަމުގައި މީހެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ތަހުގީގަށް އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެފްބީއައި އިން މި މައްސަލާގައި ތަހުގީގު ކުރަނީ ކޮންކަމެއް ކަމެއް ޝިފާން ވިދާޅެއް ނުވެ އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ގުދަން ތެރޭގައި ވެސް، ޒަކިއްޔާއަށް ޙަމަލާ ދިން ކަމުގެ ނިޝާނެއް ވެސް ފެނިފައިނުވާ ކަމަށާއި، ޒަކިއްޔާގެ ކަރުން ވެސް އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ސިއްޚީ މަރުކަޒުން ބެލި ޑޮކްޓަރާ ހަވާލާދީ ވެސް ފުލުހުން ބުނި ގޮތުގައި، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު އެ އަނިޔާތަކުގެ ސަބަބުންނެވެ.

އޭނާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެންމެ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް ފުލުހުންގެ ތަޙުޤީޤު ނިމިފައެއް ނުވެއެވެ.

ޒަކިއްޔާގެ މަރުވީ އަމިއްލައަށް ނޫން ކަމަށް ބުނެ، އެކަމަށް ބާރުދޭ ލިޔުމެއް ތައްޔާރުކޮށް އެ ލިޔުމުގެ ޕްރިންޓުތަކެއް ވަނީ އެ ރަށު ބައެއް މަގުތަކަށް އަޅާފައެވެ.

 

 

 

 

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯބިވެރިޔާއަށް ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަސްޚަބަރު | ދުވަހެއް ކުރިންމަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމުން ބުނީ އެއީ ޕްރޮޓީން އެއް ކަމަށްޚަބަރު | ދުވަހެއް ކުރިންހާލު ބޮޑު ބަލިމީހެއް ގޮވައިގެން މާލެ އަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނު ހުއްޓިއްޖެޚަބަރު | 2 ދުވަސް ކުރިންއުމުރުގައި 32 އަހަރުގެ ތަފާތުހުރި ދެ ލޯބިވެރިންގެ ދެމެދުގައި މާރާމާރީއެއްޚަބަރު | 2 ދުވަސް ކުރިން