logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ މެންޓަލް ހެލްޕް ލައިނުން މިހާތަނަށް ތިން ހާހަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދިން

ހުސައިން ވަސީމް
24 ޖެނުއަރީ 2025 - 13:32
ގައުމީ މެންޓަލް ހެލްޕް ލައިނުން މިހާތަނަށް ތިން ހާހަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދިން

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭން ގާއިމް ކުރި ހެލްޕް ލައިނުން މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުންނަށް ނަފްސާނީ އެހީގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެފި އެވެ.

ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގެ ގައުމީ ހެލްޕް ލައިނެއް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅަ އެއްގޮތަށް ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން ނަމްބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ހިދުމަތް ކޮންމެ ގަޑިއެއްގައި ވެސް ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިއްހީ ވުޒާރާއިން ބުނީ ނަފްސާނީ އެހީގެ ހިދުމަތް މިހާތަނަށް 3،004 މީހަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ ރަށްރަށަށް ފުޅާކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ ނިސްބަތުން ކޮންމެ އަށް މީހަކުން އެކަކު ނަފްސާނީ އުނދަގޫތައް ތަހައްމަލުކުރެ އެވެ. އެ ޖަމިއްޔާއިން 2022 ވަނަ އަހަރު ހެދި ސްޓެޕް ސާވޭއިން ވެސް ކޮންމެ ފަސް މީހަކު އެކަކު ޑިޕްރެޝަންގެ އަލާމަތްތައް ތަހައްމަލުކުރާކަން ދައްކަ އެވެ. އަދި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލު ކޮންމެ 20 މީހަކުން އެކަކު ހުންނައިރު ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ވެސް ލިބެ އެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ މެންޓަލް ހެލްޕް ލައިނުން މިހާތަނަށް ތިން ހާހަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދިންޚަބަރު | 8 މަސް ކުރިންދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ނުކޮށް އޮތުމަކީ ބޮޑު އިހުމާލެއް- މިނިސްޓަރޚަބަރު | 10 މަސް ކުރިން