logo
Bank of Maldives

Bank of Maldives

ޚަބަރު

5 އެއާޕޯޓަކަށް އޭވިއޭޝަން ސެކިއުރިޓީން ހޯދަނީ

ރަނާ އަޙްމަދު ފަޔާޒް
25 ޖެނުއަރީ 2025 - 06:44
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންތަކެއް -- ފޮޓޯ:އެވްސެކޮމް
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންތަކެއް -- ފޮޓޯ:އެވްސެކޮމް

ރާއްޖޭގެ ފަސް އެއަޕޯޓަކަށް އޭވިއޭޝަން ސެކިއުރިޓީ ހޯދަން އިއުލާންކޮށްފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ނެރުނު އިއުލާނެއްގައި، އެ ސެކިއުރިޓީން ހޯދަން އިއުލާންކޮށްފައި ވަނީ މާވަރުލު އެއާޕޯޓު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް، މަޑިވަރު އެއާޕޯޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓް، އަދި ދާލު އެއަރޕޯޓަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ކޮންމެ އެއާޕޯޓަކަށް ވެސް ވަކި އަދަދަކަށް މީހުން ބޭނުންވާއިރު، މާވަރުލު އެއާޕޯޓު، މާފަރު އަދި ދާލު އެއާޕޯޓުގެ ތެރެއިން ކޮންމެ އެއާޕޯޓަކަށް އެއް ސެކިއުރީޓީއަކު ބޭނުންވެއެވެ. މަޑިވަރު އެއާޕޯޓަށް ތިން މީހަކު ބޭނުންވާއިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ހަ މީހަކު ބޭނުންވެއެވެ.

މި މަގާމުތަކުގެ މުސާރައިގެ ގޮތުގައި 5،920 ރުފިޔާ ލިބޭނެއިރު، ސާވިސް އެލަވެންސްގެ ގޮތުގައި 1،500 ރުފިޔާ ލިބޭނެއެވެ. އަދި އެހެނިހެން އެލަވެންސްގެ ގޮތުގައި ކޮއްތު ފައިސާ، ސްޕެޝަލް ޑިއުޓީ އެލަވެންސް، އަދި އިތުރު ގަޑީގެ ފައިސާ ވެސް ލިބޭނެއެވެ.

މި ވަޒީފާތަކަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މި އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ޚަބަރު | 5 ގަޑިއިރު ކުރިން5 އެއާޕޯޓަކަށް އޭވިއޭޝަން ސެކިއުރިޓީން ހޯދަނީ ޚަބަރު | އަހަރެއް ކުރިން