logoEN
ޚަބަރު

އާންމު ސިއްހަތަށް ނުރައްކާވާގޮތަށް ވިޔަފާރި ކުރި 13 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

ހުސައިން ވަސީމްހުސައިން ވަސީމް

25 ޖެނުއަރީ 2025 - 17:41

އާންމު ސިއްހަތަށް ނުރައްކާވާގޮތަށް ވިޔަފާރި ކުރަމުން ދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ ޓަސްކްފޯހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.އަދި އެ ތަނުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 13 ބިދޭސީ އެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.

އިމިގްރޭޝަންގެ ރެއިޑު އޮޕަރޭޝަންތަކުގައި، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ދަނީ ގެންނަމުންނެވެ. އަދި އާންމު މަސްލަހަތު ނަގާލައި ބިދޭސީން ހަރަކާތްތެރިވާ ސަހަރައްދުތަކުގައި އިމިގްރޭޝަނުން ދަނީ މޮނީޓާ ކުރަމުންނެވެ.

މީގެ އިތުރުން އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު މަސައްކަތް ފަށާފަވާއިރު 5،613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވަނީ ޑިޕޯޓްކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހުންނެވެ. ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder