ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ޑޮލަރާއި ފައިސާ ކާޑުތަކެއް ފެނިއްޖެ

އިމިގްރޭޝަނުގެ ރެއިޑުގައި ފެނުނު ކާޑުތަކާއި ފައިސާތައް --- ފޮޓޯ/ އިމިގްރޭޝަން
.jpg&w=3840&q=75)
05 ސެޕްޓެމްބަރު 2024 - 17:11
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދާ ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް، ރާއްޖޭގެ އިމިގްރޭޝަނުން ހޯދައިފިއެވެ.
އެ ތަކެތި އިމިގްރޭޝަނުން ހޯދީ، އިމިގްރޭޝަންގެ ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާ އެކު އެ އިދާރާއިން ހިންގި ހާއްސަ ރެއިޑެއްގައެވެ. އެގޮތުން އެ ރެއިޑުގައި އިމިގްރޭޝަނުން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ފަސް މީހަކު ވަނީ ގެންގޮަސްފައެވެ. އެ ފަސް މީހުންނަކީ ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދާ ބައެއް ކަމުގައި އިމިގްރޭޝަނުން ބުންޏެވެ.
އެ މައްސަލަ ފުލުހުންނާ ގުޅިގެން އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ އިރު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އަދި ވިޔަފާރިކުރާ ބިދޭސީން ރެއިޑުކޮށް، އެފަދަ ފަރާތްތަށް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ. އެފަދަ ފަރާތްތަށް ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އެ އިދާރާއިން ދަނީ ކުރަމުންނެވެ.
އިތުރު ލިޔުންތައް
ބުޅަލުން ބާގަރ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހައްޔަރުކޮށްފި
8 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން
ގަވާއިދާ ޚިލާފަށް ކާބޯތަކީގެ ވިޔަފާރިކުރި 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
7 މަސް ކުރިން