ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރާ އިތުރު ދެ ތަނެއް ބަންދުކޮށްފި

އިމިގްރޭޝަނުގެ ބަންދުކުރި ބަދިގެއެއް -- ފޮޓޯ/ އިމިގްރޭޝަން
.jpg&w=3840&q=75)
02 ސެޕްޓެމްބަރު 2024 - 17:47
ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރާ އިތުރު ދެ ތަނެއް އިމިގްރޭޝަނުން ބަންދުކޮށްފިއެވެ.
މިއަދު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަންދުކުރީ ދިވެހީން ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރާ ތަނަކާއި، ޑެލިވަރީއަށް ކާބޯތަކެތި ތައްޔާރުކުރާ ތަނެކެވެ.
އެގޮތުން އެތަންތަން ބަންދުކޮށް، އެތަން ހިންގި ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ގަވާއިދާ ޚިލާފަށް ކާބޯތަކެތި އުފައްދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ކުރަމުންނެވެ. އެ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.
އިތުރު ލިޔުންތައް
ބުޅަލުން ބާގަރ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހައްޔަރުކޮށްފި
8 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން
ގަވާއިދާ ޚިލާފަށް ކާބޯތަކީގެ ވިޔަފާރިކުރި 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
7 މަސް ކުރިން