އެސްޖޭ މިސްކިތާ ގުޅޭގޮތުން ހާމަކުރެވެން ހުރި ލިޔެކިޔުންތައް ހާމަކުރާނަން : މިނިސްޓަރު ޝަހީމް


26 ޖެނުއަރީ 2025 - 06:54
އެސްޖޭ މިސްކިތާ ގުޅޭގޮތުން ހާމަކުރެވެން ހުރި ލިޔެކިޔުންތައް ހާމަކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ މައްސަލައާ ގުޅިގެން އާއްމު ފަރާތަކުން ފާޅުކުރި ހިޔާލަކަށް ކުރެއްވި ކޮމެންޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު މިނިސްޓްރީގެ ކަމާ ބެހޭ ސެކްޝަން ތަކާ މަޝްވަރާ ކުރުމަށް ފަހު ، އެގޮތައް ކަން ކުރެވެން އޮތް ނަމަ ، އެސްޖޭ މިސްކިތާ ގުޅޭގޮތުން ހާމަކުރެވެން ހުރި އެންމެހާ ލިޔެކިޔުންތައް ހާމަ ކުރާނެ ކަމަށެވެ.
މީގެ ކުރިން ވަޒީރު ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު މި މަސައްކަތް އަލުން ފެށުނީ މި ސަރުކާރު އައިފަހުންކަމަށެވެ. އަދި އެ ވުޒާރާއިން ބާރު އަޅައިގެން މިސްކިތް އަވަހަށް ނިންމަންކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި، ވަޒީރު އެތަނަށް ޒިޔާރަތްކޮށް ދިމާވެފައި ހުރި ދަތިތައް ބަލައި، ޙައްލުކުރަންޖެހޭ ކަންކަން ޙައްލުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، މި މިސްކިތް އަޅަން ގެންނަ ތަކެއްޗަކީ ޑިއުޓީ ފްރީ ތަކެތިކަމުގައި ދެކެވޭ ވާހަކައަކީ ދޮގުވާހަކައެއް ކަމަށާއި، 2022 ގައި މަސައްކަތް ފެށިފަހުން މިއަދާހަމަ އަށް މި މިސްކިތުގެ މަސައްކަތަށް ގެނައި އެއްވެސް އެއްޗަކުން ޑިއުޓީ މާފްކޮށްފައި ނުވާކަމަށެވެ.
35 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ކުރެވޭ މަސައްކަތުގައި އެސްޖޭ ކުންފުނީގެ އެހީތެރިކަން ލިބެމުންދާކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

މިދައުރުގައި 1000 އިމާމުން އުފައްދާނަން: ޑރ.ޝަހީމް
7 މަސް ކުރިން
މި ކުރަނީ ކުރިއަށް އޮތް ގަރުނަށް ގައުމު ވަރުގަދަ އިސްލާމީ އަގީދާއެކު ފޯރުކޮށް ދިނުމުގެ މަސައްކަތް: ޝަހީމް
6 މަސް ކުރިން
އިންޓަނޭޝަނަލް ޤުރްއާން މުބާރާތަކުން ރާއްޖޭގެ ދަރިވަރަކަށް ތިން ވަނަ
6 މަސް ކުރިން