logo
E-Platinum
ޚަބަރު

ރޯދަ މަހު ވެމްކޯ އިން ކުނި ނަގަން ފަށާ ގަޑިއަކީ ރޭގަނޑު 8:30

ރަނާ އަޙްމަދު ފަޔާޒް
27 ޖެނުއަރީ 2025 - 07:48
މެނޭޖަރ ކޮމާޝީއަލް ކަލެކްޝަން ސަރވިސް - އަބްދު الله ރަފީއު
މެނޭޖަރ ކޮމާޝީއަލް ކަލެކްޝަން ސަރވިސް - އަބްދު الله ރަފީއު

ކުރިއަށް މިއޮތް ރޯދަ މަހު ވެމްކޯއިން ކުނި ނަގާ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް ވެމްކޯގެ ކޮމާޝިއަލް ކަލެކްޝަން ސަރވިސްގެ މެނޭޖަރ އަބްދު الله ރަފީއު ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީ ގެ މައުލޫ ޕްރޮގްރާމްގައި ރަފީއު ވިދާޅުވީ ރަމަޝާން މަހު ކުނި ނަގަން ފަށާނެ ގަޑިތަކަކީ ރޭގަނޑު 8:30 ކަމަށެވެ. އެހެންވީމަ ކޮންމެ ގޭބިސީއަކުން ވެސް 7:30 އާއި 8:30 އާއި ދެމެދު ކުނި ނެރިފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އޭނާ ވިދާޅުވިއެވެ.

" ކުރިއަށް މިއޮތް ރަމަޝާން މަހަށް އަޅުގަނޑުމެންގެ ޓައިމްތަކަށް އަންނާނެ ބަދަލުތަކެއް. އެގޮތުން އަޅުގަނޑޫމެންގެ މަސެއްކަތް ރޭގަނޑޫ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ 8:30. އަޅުގަނޑޫމެން މި އެދެނީ 7:30 އަދި 8:30 ދޭތެރޭގައި ރެޑީކޮށްލައްވާފައި ބެހެއްޓުމަށް. " ރަފީއު ވިދާޅުވިއެވެ.

މަގުމައްޗަށް އެއްވެސް ވަރަކަށް ކުނި ނުނެރުމަށާއި، ކޮންމެ ގެއެއްގެވެސް ދޮރު މަތީގައި ކުނި ބެހެއްޓުމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަގުމައްޗަކީ އެއްވެސް ހާލެއްގައި ކުނި ބަހައްޓަންވީ ތަނަކަށް ނުހެދުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ކުނި ނެރުން ލަސްވެ ކުނި ނުނެގިއްޖެ ހާލަތެއްގައި ވެމްކޯގެ ހޮޓްލައިން 1666 އަކަށް ގުޅުއްވުމުން ކުނި ނެގުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ ވެމްކޯއިން އަބަދުވެސް ހިދުމަތް ދޭން ބޭނުންވަނީ ރައްޔިތުންނާއި އެންމެ ގާތުން ކަމަށާއި، ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަށް ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލެއްވިޔަފާރި | 9 ދުވަސް ކުރިންއާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން ވެމްކޯއަށް ޚަބަރު | މަހެއް ކުރިންފުލުހުންގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް ވެމްކޯއަށްޚަބަރު | 2 މަސް ކުރިން32 ރަށެއްގައި ވެމްކޯގެ ޚިދުމަތް ގާއިމްކުރަން ސޮއިކޮށްފިޚަބަރު | 5 މަސް ކުރިން