logo
Bank of Maldives

Bank of Maldives

ޚަބަރު

އާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން ވެމްކޯއަށް

އަޙްމަދު ޒަލީފް
21 ޖޫން 2025 - 10:14
އާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން ވެމްކޯއަށް

ރާއްޖޭގެ ތާރީޚީ ބައެއް ބިނާތައް ސާފުކޮށް ބެލެހެއްޓުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމަލީ އެހީތެރިކަން ދިނުމަށް، ދިވެހިބަހާ ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާގައި ސޮއިކުރުން އޮތީ މިކަމަށްޓަކައި ވެމްކޯގެ މައި އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާގެ ދަށުން، ތަރިކައިގެ ބައެއް ބިނާތައް ކޮންމެ ތިންމަހަކުން އެއްމަހު ވެމްކޯގެ ފަރާތުން ބަލައި ވެކިއުމްކޮށް، ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ޚިދުމަތްތައް ދެމުންދާނެއެވެ. މީގެ އިތުރުން ވެމްކޯއިން ޚިދުމަތްދޭ ރަށްރަށުގައި، ފަސޭހައިން ވާސިލުވެވޭގޮތަށް ހުރި އާސާރީ ތަންތަނުގެ ސާފުތާހިރުކަން ވެމްކޯއިން ބަލަހައްޓާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައިޚަބަރު | 2 ދުވަސް ކުރިންވިޔަފާރި ފުޅާކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް: ވެމްކޯ ޚަބަރު | މަހެއް ކުރިންމާދަމާ ގޭބިސީތަކުން ކުނި ނަގާ ގަޑިއަށް ބަދަލެއްވިޔަފާރި | 2 މަސް ކުރިންއާސާރީ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން ވެމްކޯއަށް ޚަބަރު | 3 މަސް ކުރިން