logo
Bank of Maldives

Bank of Maldives

ޚަބަރު

ވެމްކޯއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލަން ތިން އިދާރާއަށް ލިޔެކިޔުންތައް ދީފި

އައިމިނަތު މޫސާ
30 ސެޕްޓެމްބަރު 2025 - 15:43
ވެމްކޯގެ މެނޭޖްމެންޓުގެ ބޭފުޅުން -- ފޮޓޯ: ވެމްކޯ
ވެމްކޯގެ މެނޭޖްމެންޓުގެ ބޭފުޅުން -- ފޮޓޯ: ވެމްކޯ

ފާއިތުވެދިޔަ އަހަރުތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓްތަކުން ފާހަގަވެފައިވާ މައްސަލަތަކާއި މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ތަހުގީގީ އިދާރާތަކަށް ފޯރުކޮށް ދީފައިވާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯ އިން ނެރުނު ބަޔާނުގައި ވަނީ, ކުންފުނިން ފާއިތުވެދިޔަ އަހަރުތަކުގެ އިންޓާނަލް އޮޑިޓް ރިޕޯޓްތަކުން ފާހަގަވެފައިވާ މައްސަލަތަކާއި މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައި ހުރި މުއާމަލާތްތަކުގެ މައުލޫމާތު ބެލުމަށް އެ ކުންފުނީގެ އިސްނެގުމަށް މިހާރު ވާނީ ކަމާބެހޭ ތަހުގީގީ އިދާރާތަކަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައި ކަަމަށެވެ. އަދި އެ އިދާރާތަކުން އިތުރަށް ބޭނުންވެގެން އެދިފައިވާ ހުރިހާ މަޢުލޫމާތުތަކެއް ވެސް ފޯރުކޮށްދީ ފުރިހަމަ އެއްބާރުލުން ދީފައި ކަމަށް ވެސް ބުންޏެވެ.

އެގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތަށް އެ ކޯޕަރޭޝަނުން ވާނީ މައްސަލަތަކާ ގުޅުންހުރި ލިޔުންތަކާއި އިތުރު މަޢުލޫމާތުތައް ފޯރުކޮށްދީފަކަމަށް ވެމްކީއިން ވަނީ ބުނެފައެވެ.

އަދި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ ދެފުށް ފެންނަ، ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި މި ފަދަ ކަންކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެމުންކަމަށް އެކުންފުނިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކުންފުނިން ބުނީ ރައްޔިތުންނާއި ގުޅުންހުރި މިފަދަ މާލީ މައްސަލަތައް ބެލި އެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާ ވެމްކާއާ ގުޅުންހުރި ކޮރަޕްޝަންގެ އަމަލުތަކަށް ފިޔަވަޅު އަޅައި ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެމްކޯއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލަން ތިން އިދާރާއަށް ލިޔެކިޔުންތައް ދީފިޚަބަރު | މަހެއް ކުރިންމަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް އިފްތިތާހުކޮށްފިޚަބަރު | މަހެއް ކުރިންރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައިޚަބަރު | 2 މަސް ކުރިންވިޔަފާރި ފުޅާކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް: ވެމްކޯ ޚަބަރު | 3 މަސް ކުރިން