logo
Bank of Maldives

Bank of Maldives

ޚަބަރު

ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދުވެއްޖެ

މުޙައްމަދު އަފްރާޙް
21 ފެބްރުއަރީ 2026 - 06:57
ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދުވެއްޖެ

ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދު ކަމުގައި ވެމްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު ޤަވާއިދާ ޚިލާފަށް މަގުތަކުގައި ކުނި ބަހައްޓާ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާއި ޚިލާފަށް މިހާރު ޤަވާއިދާއި އެއްގޮތަށް ކުނި ނެރުމުގައި އާންމުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެރިޓޭޖް މިނިސްޓްރީއާ ވެމްކޯ ގުޅިގެން މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ވެސް ވަރަށްފަހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވެމްކޯ އިން ބުނީ އެ ކުންފުނީގެ ވެހިކަލް ފްލީޓާއި ކެޕޭސިޓީ ހުރި މިންވަރަކުން މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އެގޮތުން މި ރޯދަ މަހު ހުޅުމާލެއަށް ހާއްސަ ކޮށްގެން ވެމްކޯގެ "ކޯލް އެންޑް ޕިކަޕް" ގެ ހިދުމަތް ލިބިގެންދާނެ ކަމަށވެ. އަދި ހުޅުމާލޭގެ 4000 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ކުނި އުކާލުމުގެ އިންތިޒާމްތަކެއް ހަމަޖައްސަމުންދާ ކަމަށް ވެސް ވެމްކޯ އިން ބުނެއެވެ.

މީގެއިތުރުން ވެމްކޯ އިން ވަނީ މި ރޯދަ މަހު ކުނި ނެގުމަށް ހަމަޖައްސަވާފައިވާ ގަޑިތަކަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން މާލޭ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30 އިން 2:00 އާ ދެމެދުގައި ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން ހުޅުމާލެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ރޭގަނޑު 21:00 އިން 2:30 އަށް ކަމަށާއި ވިލިމާލެއިން ގޭބީސީތަކުގެ ކުނި ނެގުމަށް ހަމަޖެހިފައިވަނީ، ރޭގަނޑު 21:00 އިން 1:00 އަށް ކަމަށް ވެމްކޯ އިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤަވާއިދާ ޚިލާފަށް މަގުތަކަށް ކުނި ނެރޭ މިންވަރު މިއަހަރު މަދުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތަށް އޮންލައިން ބުކިންގްސް ތައާރަފްކުރަނީޚަބަރު | 5 ދުވަސް ކުރިންމާލެ، ހުޅުމާލެ، ވިލިމާލޭގައި ގޭބިސީތަކުން ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެންނަނީޚަބަރު | 15 ދުވަސް ކުރިންއައްޑޫ އެއާޕޯޓުގައި މެޓް އޮފީހުގެ އިމާރާތެއް ތަރައްގީކުރަން ވެމްކޯއަށްޚަބަރު | 2 މަސް ކުރިން