logo
MPL

MPL

ޚަބަރު

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމުން އަޚްލާޤީ ރަނގަޅު ސިފަތައް އަށަގަތުމަށް މަގުފަހިވޭ: މެޑަމް ސާޖިދާ

މުޙައްމަދު އަފްރާޙް
22 އޭޕްރީލު 2026 - 18:20
ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމުން  އަޚްލާޤީ ރަނގަޅު ސިފަތައް އަށަގަތުމަށް މަގުފަހިވޭ: މެޑަމް ސާޖިދާ

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ، ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޙްތިރާމް ކަމަށް ވިދާޅުވިއެވެ.

މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ވެމްކޯގެ މުވައްޒަފުންނަކީ ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ރެއާއި ދުވާލު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ހޯދައިދޭ ބައެއް ކަމަށާ މި މުހިއްމު ޚިދުމަތުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އިސްލާމީ އަޚުލާޤާއި ދީނީ ރޫޙު އާލާކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތަކަކީ ތަޢުރީފު ހައްގު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

މުބާރާތުން ފަޚުރުވެރި ވަނަތައް ހޯއްދެވި ފަރާތްތަކަށް ތަހުނިޔާ ދަންނަވައި، ވަނަ ނުލިބޭ ބައިވެރިން އަންނަ އަހަރު ކާމިޔާބީ ހޯދުމަށް އިތުރަށް މަސައްކަތް ކުރެއްވުމަށް އެކަމަނާ ހިތްވަރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތް 1447ގެ 1 ވަނަ ޙާޞިލްކޮށްފައިވާ މުވައްޒަފުންނަށް އިނާމާއި ޓްރޮފީ ޙަވާކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުނި މެނޭޖްކުރުމުގެ ހިދުމަތް ފުޅާކުރުމަށްޓަކައި ވެމްކޯ އަށް 22 އުޅަނދެއް ހަވާލުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ ދިވެހީންގެ ކެރުމާއި އެއްބައިވަންތަކަމުގެ ރީތި މިސާލެއް: ފަސްޓް ލޭޑީޚަބަރު | 9 ގަޑިއިރު ކުރިންޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | 9 ގަޑިއިރު ކުރިންވަޒީފާގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލަންޖެހޭ: ފަސްޓް ލޭޑީޚަބަރު | 2 ދުވަސް ކުރިން