logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައި

އައިމިނަތު މޫސާ
17 ސެޕްޓެމްބަރު 2025 - 04:25
ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ކުޅުދުއްފުށީ ސިޓީގައި ހުޅުވައިފިއެވެ.

މި ފެސިލިޓީ ހުޅުވައިދެއްވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް)ގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވަންޗަކްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޓީރިއަލް ރިކަވަރީ ފެސިލިޓީއަކީ ސަކެޕްގެ ޕްލާސްޓިކް ފްރީ ރިވަރސް އެންޑް ސީސް (ޕްލީޒް) ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރެވުނު ފެސިލިޓީއެކެވެ. މިއީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް)، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

ސަކެޕްގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވަންޗުކް ވިދާޅުވި ގޮތުގައި، "ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ގައުމެއްކަމުން، ކަނޑާއި މާހައުލަށް ވަރަށް މުހިންމުފެސިލިޓީއަކަށް ވެގެންދާނެކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަކީ ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ޕޮލިއުޝަން ފްރީ ސިޓީއަކަށް ހެދުމުގެ ފުރުސަތު ލިބިގެންދާ ސިޓީ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރމަން އާމިނަތު ޢަބްދުﷲ ވިދާޅުވި ގޮތުގައި، މި ފެސިލިޓީއަކީ ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް ވަރަށް މުހިންމު ތަނެކެވެ. އަދި "މި ފަދަ މަރުކަޒެއްގެ ބޭނުމަކީ ކުނި ރަށުން ބޭރުކުރެވެންދެން ބެހެއްޓުމާއެކު، ރަށުތެރެއިން ގެންނަ ކުނި ބައިބަޔަށް ވަކިކޮށް، ޚާއްސަކޮށް ޕްލާސްޓިކް ކުނި ވަކިކޮށް ފިއްތާފައި ބޮނޑި ބޮނޑިއަށް އަޅާފައި ވަކި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއު ކަމަށް ވިދާޅުވިއެވެ.

މި ފެސިލިޓީގެ މަޤްޞަދަކީ ޕްލާސްޓިކް، އެލުމިނިއަމް ދަޅު އަދި ހަރު މަޢުދަނުތައް ރީސައިކަލް ކުރުމާއެކު، ކުނި މެނޭޖުކުރުމުގެ ނިޒާމް ހަރުދަނާ ކުރުމެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މި ފެސިލިޓީ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުނި ބޭލްކުރުމަށް ދެ ބޭލިންގ މެޝިނާއި، 4 ރަށު ޕިކަޕްއާއި ހައިޑްރޯލިކް ޕެލެޓް ސްޓެކަރއާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓް އަދި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓް ވަނީ ފޯރުކޮށްދީފައި ކަމަށެވެ. އަދި މި ފެސިލިޓީގައި އޮފީހަކާއި، ޕޭންޓްރީ އަދި ނަމާދު ކޮޓަރި ވެސް ވާނީ ޤާއިމްކޮށްފައެވެ.

މި ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މެކްސް، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ވެމްކޯއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ވެމްކޯއިންނެވެ. މިއީ ޕްލާސްޓިކް ކުނިން ލިބޭ ގެއްލުމުން، ކުޅުދުއްފުށީގެ ރައްޔިތުންނާއި ވަށައިގެންވާ ކަނޑުފަޅު ރައްކާތެރިކުރުމަށް ޤާއިމްކުރެވުނު ރާއްޖޭގެ ފުރަތަމަ ފެސިލިޓީއެވެ.

މި ފެސިލިޓީ ދެމެހެއްޓެނިވިގޮތަކަށް އޮޕަރޭޓްކުރުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރެވިފައިވާ އިރު، މި ފެސިލިޓީ ދެމެހެއްޓެނެވި ނިޒާމެއް ގޮތުގައި ހިންގުމަށް ޕްރޮޖެކްޓް އިންވަނީ ވެމްކޯގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ވެސް ދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައިޚަބަރު | 4 ގަޑިއިރު ކުރިންކުޅުދުއްފުށީ ފަރަށް އެރި ބާޖު ފުން ކުރަން ކޯޓުން އަމުރުކޮށްފިޚަބަރު | 5 ދުވަސް ކުރިންކުޅުދުއްފުށި ފައިވްކޭ ވަރަށް ކާމިޔާބު ޚަބަރު | 10 ދުވަސް ކުރިން ކުޅުދުއްފުށީ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީޚަބަރު | 13 ދުވަސް ކުރިން