logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް ވެމްކޯއަށް

އާމިނަތު ޝަފާ
3 ޖޫން 2025 - 04:47
ފުލުހުންގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް ވެމްކޯއަށް

ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ޕޮލިސްގައި ގާއިމްކުރެވޭ ކުޅިވަރު ވަސީލަތްތަކަކީ ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވޭ ވަސީލަތްތަކެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

 

މި އެއްބަސްވުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވިލިމާލޭގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ހަށީހެޔޮ ސިއްހަތެއްގައި ތިބެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުމާއި ވިލިމާލޭގެ އިޖްތިމާއީ ގުޅުން ބަދަހިވެގެންދާނެއެވެ.

 

މި އެއްބަސްވުމުގެ ދަށުން ވިލިމާލޭ ޕޮލިސްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށް އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓުގެ ބޮޑު ވައްކަމުގެ ހީލަތްތެރި ''ޕްލޭން'' ހާމަކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންމާލޭ ގެއެއްގެ ހަވަނަ ބުރިން ވެއްޓުނު މީހަކު ނިޔާވެއްޖެޚަބަރު | 9 ގަޑިއިރު ކުރިން355 ކިލޯ މަސްތުވާތަކެތި ބަރުކުރީ ރާއްޖެ ސަރަހައްދަކުން ނޫން: ފުލުހުންޚަބަރު | 18 ގަޑިއިރު ކުރިން ޑްރަގް ބޭނުންކުރަން ތިއްބާ ނުވަ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން