މާލެ ހިޔާ ފުލެޓުން ވެއްޓުނު މީހަކަށް ފަރުވާދެނީ
މުޙައްމަދު އަފްރާޙް
5 ފެބްރުއަރީ 2026 - 03:48

މާލެ ހިޔާ ފުލެޓުން ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އެމީހާ ވެއްޓުނީ މާލެ ހިޔާ ފްލެޓްގެ 5 ވަނަ ފަންގިފިލާއިން ކަމަށެވެ. އަދި އެއީ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ.

Ad by Hajj Corporation
މާލެ ހިޔާ 1 ވަނަ ފްލެޓުން މީހަކު ވެއްޓިފައިވާކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 06:50 ހާއިރުކަމަށާއި ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.


