logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމްގެ މައްސަލައެެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

އިސްމާޢިލް ރާތިޢު
5 ފެބްރުއަރީ 2026 - 09:55
ސްކޭމްގެ މައްސަލައެެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ސްކޭމް ކޮށްގެން ހޯދި ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވާ، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ ޙަސަނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭހުގައި ބަންކު ބެޑެއް ވިއްކާކަމަށް ޕޯސްޓުކޮށް، މީހަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެ މީހާ އަތުން ފައިސާ ހޯދުމަށްފަހު، އެ ލިބުނު ފައިސާ އެހެން މީހެއްގެ އެކައުންޓަކަށް ޖަމާކުރުވާ، އެ ފައިސާ ނެގުމުގެ މައްސަލައާ ގުޅިގެނެވެ.

ފުލުހުން އިތުރަށް މައުލޫމާތުދިން ގޮތުގައި ޙަސަނަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކަށްވުމުން، ވޯކް ޕާމިޓު އޮންނަ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އޭނާ ވަނީ ނަގާފައެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 4 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް، ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، ސްކޭމް ކޮށްގެން ހޯދާ ފައިސާ ބިދޭސީންގެ އެކައުންޓަށް ޖަމާކުރުވައި، ދައުރު ކުރުވަމުންދާ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިއެއްގެ މިފަދަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ މޯލްޑިވްސް އިމިގްރޭޝަނާ އެ މީހަކު ޙަވާލުކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިފަދަ އަމަލެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ފުލުހުންގެ ޚިދުމަތަށް ރިޕޯޓު ކުރުމަށްވެސް ވަނީ ޢިލްތިމާސްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ މައްސަލައެެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމާލެ ހިޔާ ފުލެޓުން ވެއްޓުނު މީހަކަށް ފަރުވާދެނީޚަބަރު | 8 ގަޑިއިރު ކުރިންދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް ބޮޑު އަނިޔާއެއް ނުވޭޚަބަރު | 17 ގަޑިއިރު ކުރިންއިންތިޚާބުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ފުލުހުން އެއްބަސްވެއްޖެޚަބަރު | 2 ދުވަސް ކުރިން