logo
Bank of Maldives

Bank of Maldives

ޚަބަރު

32 ރަށެއްގައި ވެމްކޯގެ ޚިދުމަތް ގާއިމްކުރަން ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް

32 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއި ހަވާލުކޮށްފިއެވެ.

އެ ވުޒާރާއިން ކުރިއަށް ގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ ކޮންޓްރެކްޓްތައް މިއަދު ވަނީ ވެމްކޯއާއި އެކު ސޮއިކޮށްފައެވެ. މިދިޔަ މަހުގެ ތެރޭގައިވެސް ދެ ރަށެެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ވުޒާރާއިން ވަނީ ވެމްކޯއާއި ހަވާލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، މި މަސައްކަތްތައް މި އަހަރުގެ ތިން ވަނަ ކުއާޓާގެ ނިޔަލަށް ނިންމަން ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަޞީލަތްތައް ގާއިމުކޮށްދެއްވާނެ ކަމަށް އިޢިލާނުކުރައްވާފައެވެ.

ވުޒާރާއިން ބުނާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް ވާސިލުވުމަށްޓަކައި، 128 ރަށެއްގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ނުވަތަ އަޕްގްރޭޑް ކުރަންޖެހޭ ކަމަށް އެ ވުޒާރާގެ އެސެސްމެންޓްތަކުން ދައްކައެވެ. އެހެންކަމުން ވަރަށް ކައިރި މުސްތަޤްބަލެއްގައި، ބާކީ ހުރި ރަށްތަކުގެ މަސައްކަތްވެސް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާއި ހަވާކުކުރުމުގެ މަސައްކަތް ވުޒާރާއިން ކުރަމުންދާ ކަމަށް ބުނެއެވެ. ވެމްކޯގެ އިތުރުން ކުނި މެނޭޖުކުރާނެ ނިޒާމާއި ވަޞީލަތްތައް ގާއިމުކުރުމަށް ފެނަކަ، އެމްޓީސީސީ އަދި އާރުޑީސީއާއި ހަވާލުކުރެވޭނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.

ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމުތައް މުޅި ރާއްޖޭގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެ-އޮސްޓްރޭލިއާ އިސް އޮފިޝަލުންގެ ދެވަނަ ބައްދަލުވުމުގައި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް މަޝްވަރާކޮށްފި ޚަބަރު | 18 ގަޑިއިރު ކުރިންވެމްކޯއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލަން ތިން އިދާރާއަށް ލިޔެކިޔުންތައް ދީފިޚަބަރު | މަހެއް ކުރިންމަޑުއްވަރީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް އިފްތިތާހުކޮށްފިޚަބަރު | މަހެއް ކުރިންރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލާ ފުރަތަމަ ފެސިލިޓީ ކުޅުދުއްފުށީގައިޚަބަރު | 2 މަސް ކުރިން