logo
ޚަބަރު

ޖަލު ބަލަހަށްޓާނެ 60 އޮފިސަރުން ހޯދަނީ

ޖަލު އޮފިސަރުންތަކެއް -- ފޮޓޯ: ކަރެކްޝަންސް
ޖަލު އޮފިސަރުންތަކެއް -- ފޮޓޯ: ކަރެކްޝަންސް

މާފުށި، އައްސޭރި އަދި ހުޅުމާލެ ޖަލުގައި މަސައްކަތް ކުރުމަށް 60 އޮޕަރޭޝަނަލް އޮފިސަރުން ހޯދުމަށް، ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ، ޖަލުތަކުގައި މަސައްކަތްކުރުމަށް ޕްރިޒަން ޕްރައިވެޓް މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު، ފެށޭ މަހު 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައިވާ ކަމަށެވެ. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު ފެށޭ މަހު 16 ވަނަ އާދިއްތަ ދުވަހު 15:00 ގެ ނިޔަލަށް އަށް އީމެއިލް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ރޭޑިއޯ ބިލްޑިން)ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުމަށް ވެސް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން މަޤާމުތަކަށް އެދޭ ފަރާތްތަކުން ފުރިހަމަވާން ޖެހޭ ޝަރުތުތައް:

  • ދިވެހި ރައްޔިތެއްކަމުގައިވުން
  • ސާނަވީ އިމްތިހާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބުމާއެކު،ސެކަންޑަރީ އިމްތިޙާނުން ދިވެހި އަދި އިސްލާމް މި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލު ކޮށްފައިވުން.
  • ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  • ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

 

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާ ފަރާތްތަކާއި، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، އަދި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާތް ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙުކުމް ތަންފީޛުކުރަމުންދާ ކުދިންނަށް އަމާޒުކޮށް އުނގެނެމާގެ ނަމުގަ ޕްރޮގްރާމެއް ފަށައިފިޚަބަރު | 8 ދުވަސް ކުރިން20 އަހަރު ފަހުން ޤައިދީންގެ އެލަވަންސް ބޮޑުކޮށްފި ޚަބަރު | މަހެއް ކުރިންދަތި ހާލުގައި އުޅޭ ގައިދީންގެ އާއިލާތަކަށް އެހީވަނީ ޚަބަރު | 2 މަސް ކުރިންމާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު މަރުވެއްޖެޚަބަރު | 3 މަސް ކުރިން