logoEN
ޚަބަރު

މިދިޔަ އަހަރު މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި 137 މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހެޅި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު -- ފޮޓޯ: މިހާރު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު -- ފޮޓޯ: މިހާރު

ރަނާ އަޙްމަދު ފަޔާޒްރަނާ އަޙްމަދު ފަޔާޒް

29 ޖެނުއަރީ 2025 - 06:47

މައްސަލަ ހުށަހެޅުމުގެ ހުއްދައަށް ސުޕްރީމް ކޯޓަށް 137 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސުޕްރީމު ކޯޓުން ނެރުނު ފާއިތުވި އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި މައްސަލަތަކުގެ ތެރެއިން، ގޮތެއް ކަނޑައަޅަންޖެހޭ މައްސަލަތަކުގެ އަދަދަކީ 149 މައްސަލައެވެ. އެއީ މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅީ 137 މައްސަލަ އާއި އޭގެ ކުރީ އަހަރު ހުށަހެޅި މައްސަލަަތަކުގެ ތެރެއިން ގޮތެއް ކަނޑައެޅިފައިނުވާ 12 މައްސަލައެވެ.

މީގެއިތުރުން މިދިޔަ އަހަރު ނިމުނުއިރު ސުޕްރީމް ކޯޓުގް ގަޟިއްޔާއެއްގެ ގޮތުގައި 54 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވާއިރު، އޭގެ ކުރީގެ އަހަރު ނުނިމި ހުރި 99 ޤަޟިއްޔާއާއެކު މިދިޔަ އަހަރު މައްސަލަ ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ޤަޟިއްޔާގެ ޖުމްލައަކީ 153 އެވެ.

މިދިޔަ އަހަރު ތެރޭގައި 63 ޤަޟިއްޔާގައި ގޮތެއް ކަނޑައެޅިފައިވާއިރ،ު ހަ ޤަޟިއްޔާއެއް މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންގޮސްފައިވައިވެއެވެ. އަދި މިދިޔަ އަަހަރު ޖުމްލަ 69 ޤަޟިއްޔާއެއްގައި ގޮތް ކަނޑައެޅި ނިމިފައިވެއެވެ.

މީގެ އިތުރުން، މިދިިޔަ އަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށައެޅުނު ،ރަޖިސްޓްރީ ކުރެވުނު އަދި ނިމުނު މައްސަލަ ތަކުގެ ބާވާތްތަކުގެ ތެރޭގައި ޖިނާއީ،މަދަނީ، އާއިލީ، ދުސްތޫރީ، އިންތިހާބީ ، ނިހާއީ ހުކުމެއްކަން ކަނޑައެޅުމަށް، އަދި ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ގެ މައްސަލަތައް ހިމެނެއެވެ.

އޭގެތެރެއިން ޖިނާއީ މައްސަލަތަކުގެ ތެރޭގައި 24 މައްސަލަ ހުށައެޅުމުގެ ހުއްދައަށް ހުށައަޅާފައިވެއެވެ. މީގެތެރޭގައި، 17 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާއިރު، 11 މައްސަލައަށް ހުކުމްކޮށް 11 މައްސަލަ ނިމިފައެއް ނުވެއެވެ. އަދި ދެ މައްސަލަ އެއް ވަނީ އަނބުރާ ގެންގޮސްފައެވެ.

މަދަނީ މައްސަލަތަކުގެ ތެރޭގައި 90 މައްސަލައެއްގެ ހުއްދައަށް ހުށައަޅާފައިވެއެވެ. މީގެތެރެއިން 32 މައްސަލަ ރަޖިސްޓްކުރެވިފައިވާއިރު، 48 މައްސަލައަކަށް ވަނީ ހުކުމްކުރެވިފައެވެ. އަދި 65 މައްސަލަ ނުނިމޭއިރު، މި މައްސަލަތަކުގެ ތެރެއިން ހަތަރު މައްސަލައެއް ވަނި އަނބުރާ ގެންގޮސްފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder