logoEN
ޚަބަރު

އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފި

ފޮޓޯ- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު

ފޮޓޯ- ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު

ސުދާ ލަތީފްސުދާ ލަތީފް

27 ނޮވެމްބަރު 2024 - 06:58

ގާނޫނު އަސާސީަށް ގެނައި އިސްތިލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ

މި މައްސަލަ ހުށަހެޅުއްވި އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު ފާސްކުރި އިސްލާހު ގާނޫނުއަސާސީއާ ހިލާފު އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށްވާތީ އެވެ.

މި މައްސަލައިގެ ތެރެއަށް ތަދަހުއްލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ވަނީ ހުށަހަޅައިފައެވެ.

ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް އޮންނަ މާއްދާ އިސްލާހުކުރާ ނަމަ، އެކަމަށް ވެސް ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވެ އެވެ.

ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅި އިސްލާހުގެ ދަށުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑަށް ބަދަލެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ވެސް ގާނޫނުއަސާސީ ބަދަލުކޮށްފައިވެ އެވެ.

ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ހަރަކާތްތެރި ނުވެވޭ ގޮތަށް އެންމެ ފަހު އިސްލާހެއްގެ ގޮތުން ގާނޫނު އަސާސީ އިސްލާހުކޮށްފައިވެއެވެ.

އެއް ދުވަސް ތެރޭގައި ބަހުސާއި ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިންމުމަށްފަހު މި އިސްލާހުވަނީ ފާސްކޮށްފައެވެ. މިއީ މިހާތަނަށް ގާނޫނު އަސާސީއިން އެންމެ އަވަހަށް ގެނައި ބަދަލު ކަމުގައިވީއިރު މި ދުވަހު ބިލް މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލް ތަސްދީގު ވެސްކުރެއްވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder