logoEN
ޚަބަރު

ރައްޔިތުންނަށް ބޮޑު ލުޔެއް: އައިޑީކާޑާއި ޕާސްޕޯޓުވެސް މިހާރު ރަށުން ލިބޭނެ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

29 ޖެނުއަރީ 2025 - 14:11

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހއ. އިހަވަންދޫގައި ފަށައިފިއެވެ.އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

undefinedއިހަވަންދޫގައި އައިޑީކާޑުގެ ޚިދުމަތްދޭން ފެށުން

މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަގުޗާޓުވެސް އާންމުކުރައްވާފައެވެ. މި މަގުޗާޓުގައިވާގޮތުން މިއަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައިވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކުގައި މި ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހއ. އިހަވަންދޫގައި ރަސްމީކޮށް ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.

ކޮމެންޓް

871x217_placeholder