ގަވައިދާ ހިލާފަށް ހުރާ ގައި އުޅުނު 46 ބިދޭސީއަކު އަތުލައިގެންފި

ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން ދަނީ

30 ޖެނުއަރީ 2025 - 10:17
ގަވައިދާ ހިލާފަށް ކ. ހުރާގައި ދިރިއުޅުނު 46 ބިދޭސީއަކު ރާއްޖެގެ އިމިގްރޭޝަނުން އަތުލައިގަނެފިއެވެ.
އިމިގްރޭޝަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އެ އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެއެވެ.
މި ރެއިޑަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން ވަނީ މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ބުނެފައެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
އެ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 25،483 ބިދޭސީއެއް ބަޔޮމެޓޮރިކް މައުލޫމާތު ނަގައިފަ އެވެ.
އިތުރު ލިޔުންތައް

ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރާ އިތުރު ދެ ތަނެއް ބަންދުކޮށްފި
7 މަސް ކުރިން
ބިދޭސީންތަކެއްގެ އަތުން ގިނަ އަދަދެއްގެ ޑޮލަރާއި ފައިސާ ކާޑުތަކެއް ފެނިއްޖެ
7 މަސް ކުރިން
ތިން ގެއެއް ބަލައި، 13 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
7 މަސް ކުރިން.jpg&w=3840&q=75)