logoEN
ޚަބަރު

މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން ރެގިއުލޭޓްކުރުމަށް ޤަވާއިދެއް ހަދަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން ރެގިއުލޭޓް ކުރާނެ ޤަވައިދެއް ހެދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެކި ކަންކަމަށް ފަންޑު ހޯދުމަށް ތަފާތު އެކި ޖަމިއްޔާ ތަކުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބެހެއްޓުން ރެގިއުލޭޓްކުރާނެ ޤަވައިދެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މި ޤަވައިދަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއް ކަމަށް ވިދާޅުވެ، ވަޒީރު އިތުރަށް ވިދާޅުވީ، މި ޤަވައިދު ހެދިގެން ދާނި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި ޤަވައިދުގެ ދަށުންނެވެ.

މިގޮތުން މިފަދަ ފަންޑު ފޮށިތައް ބެހެއްޓުމަށް ހުއްދަ ދެވޭނީ، އެ ފަންޑު މެދުވެރިކޮށް ލިބޭ ފައިސާ ޚަރަދުކުރާ ގޮތުގެ ތަފްސީލް ހުށަހަޅާ، ޚަރަދުކުރި ގޮތުގެ ތަފްސީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމަަށް ވަޒީރު ވިދާޅުވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder