logoEN
ޚަބަރު

ރައްޔިތުން ހިޖުރަކުރުމާ ދޭތެރޭގައި ވިސްނުންހުރި ގޮތުގެ ސާވޭއެއް ހަދަނީ

5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އާދަމް ޝަރީފް އިފްތިތާޙުކޮށްދެއްވުމުގެތެރެއިން

5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން ވަޒީރު އާދަމް ޝަރީފް އިފްތިތާޙުކޮށްދެއްވުމުގެތެރެއިން

ރައްޔިތުން ހިޖުރަކުރުމާ ދޭތެރޭގައި ވިސްނުންހުރި ގޮތުގެ ސާވޭއެއް ހަދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ 5 އަހަރުގެ ޕްލޭނާއި، 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ވުޒާރާއަށް އިރުޝާދު ދެއްވާފައިވަނީ ރާއްޖޭގައި މި ވަގުތު ހުރި ރަށްރަށްގެ ތެރެއިން ހާއްސަ ގޮތެއްގައި ރައްޔިތުންގެ ވިސްނުމާއި ފިކުރަށްފަހު، އެހެންތަނަކައް ހިޖުރަކުރުމާ ދޭތެރޭގައި ވިސްނުންހުރި ގޮތުގެ ސާވޭއެއް އެވުޒާރާއިން ކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް އެވުޒާރާ ހަވާލު ކުރައްވާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެ ވުޒާރާގެ އެކްޝަން ޕްލޭންގައި އެކަން މިހިސާބަށް ލޯންޗް ކުރެވިފައި ނެއްކަމަށް ވިޔަސް އެ ޕްލޭންގައި މި މައްސައްކަތްތައް ހިމަނައިގެން މިއީ ކުރަންޖެހޭނެ ކަންކަން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ވަރަަށް ގިނަ މަސައްކަތްތައް ކުރިއަށް މިއޮތީ ވަރަށް ގިނަ ވަގުތު އަޅުގަނޑުމެން މިކަމަށް ހޭދަކޮށް ގެން ރަގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރަން އެއީ އަޅުގަނޑުމެން މިރޭގެ ވެސް އަޒުމަކަށް ވާން ޖެހޭނީ ސަރުކާރުގެ ދުވެލި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގަ ކުރަންޖެހޭ މަސައްކަތް މިހާރަށް ވުރެ ބާރު ސްޕީޑްގައި ގެންދިޔުމަކީ ވަކި އަޅުގަނޑުމުންގެ މިނިސްޓްރީއެއް ނޫން ހުރިހާ މިނިސްޓްރީ ތަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިނަވާ ގޮތް

ވަޒީރު ވަނީ މިހާރުވެސް ރަށްރަށުގައި ކައުންސިލް ތަކުގެ ބިންގާ އަޅަމުން ދާކަމާ އަދި މިހާ ތަނަށް 12 ކައުންސިލެއްގައި ބިންގާ އެޅިފައިކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، އުމްރާނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަމަށާއި މި ނިޒާމު ހަރުދަނާ ކުރުމުން ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެ ވުޒާރާގެ ދައުރު ފުޅާ ވާނެ ކަމަށެވެ.

ކޮމެންޓް

871x217_placeholder