logo
ޚަބަރު

އެގްރި ބޯޓުގެ ހިދުމަތާއި އެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވާނެ: އާދަމް ޝަރީފް

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2024 - 05:20
އެގްރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވި// ފޮޓޯ: މިނިސްޓްރީ
އެގްރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވި// ފޮޓޯ: މިނިސްޓްރީ

އެގްރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރުވެގެން ދާނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް އެގްރިބޯޓް ތަޢާރަފްކޮށްދެއްވައި އެކަމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިިދާޅުވީ އެގްރި ބޯޓް ރާއްޖެއަށް ތައާރަފް ވެގެން ދިއުމަކީ ތާރީހީ ކާމިޔާބެއް ކަމަށާއި އަދި މިބޯޓާއި އެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަަށަވަރުވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.

އެގްރިބޯޓަކީ ޖަޕާނުސަރުކާރުގެ އެހީގައި ބަނދެފައިވާ ބޯޓެކެވެ. މި ބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި ސޯލާ ޕަވާރޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލީޓީތަކާއި އެކު ތަރުކާރީއާއި މޭވާ ރައްކާތެރިކަމާއި އެކު ލ.އަތޮޅުގެ ރަށްތަކުން މާލެއަށް ތަރުކާރީ އާއި މޭވާ ތާޒާކަމާއި އެކު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވެއެވެ.

މިމަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތުގައި މާލޭގެ ބާޒާރަށް ރައްކާތެރިަކާމާއިއެކު ފޯރުކޮށްދިނުމެވެ.

މިރަސްމިއްޔާތުގައި ޖަޕާނުސަރުކާރުން ރާއްޖެއަށް ކަަނޑައަލުއްވާފައި ހުންނވާ ސަފީރު ތަކެއޮޗި މިދޮރި ބައިވެރިވެލެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | ދުވަހެއް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 7 ދުވަސް ކުރިންމިއީ ލާމަރުކަޒީ ނިޒާމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުވާނެ ޒަޢާމަތެއް - އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންއިތުރު 4 ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިޚަބަރު | 3 މަސް ކުރިން