logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފް

އައިމިނަތު މޫސާ
29 އޯގަސްޓު 2025 - 12:52
މިނިސްޓަރ އާދަމް ޝަރީފް
މިނިސްޓަރ އާދަމް ޝަރީފް

ރާއްޖޭގެ ނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދެއް ނޫން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާޑރ. މުޙައްމަދު މުއިއްޒު، އުޅުއްވަނީ ވަރަށް ސާދާކޮށް ކަމަށާއި، މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު ދިމާވާ އެކިއުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވާ ކަމަށާއި، އެއީ، ރާއްޖޭގެ ގިނަ ބަޔަކު ވަރަށް އުފާވާ އަދި މަދުން ނޫނީ ނުފެންނަ ސިފައެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން ނަމަވެސް މަގުމަތިން ރައީސް އަށް ގަނާކޮށް، ފުރައްސާރަކޮށް، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާގޮތަށް، ބަޔަކު މަގުމަތިން އެމަނުކުފާނާއި، ދިމާކުރި މަންޒަރު އިއްޔެ ފެނިގެން ގޮސްފައި ވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަސައްވުރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދެއް ނޫން ކަމަށާއި، ބަދަލު ހިފުމާއި ޒާތީ ތައައްސަބުން ދުރުހެލިވެ، ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު މިވަނީ ބޭނުންވެފަ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޝަރުއީ ނިޒާމު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ ވީދެމުންދާ އިޖުތިމާއި ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ ގައުމުގެ ކުރިމަގު އުޖާލާ ނުވާނެ ކަމަށާއި، މި ގައުމަށް ސަހަރޯވެރިވެ، ގައުމު ހަމަ މަގަަށް އަޅުވަން ތިބޭނީ ދިވެހި ރައްޔިތުން ކަމަށް ވަޒީރުގެ ޕޯސްޓްގައި ވަނީ ފާހަގަ ކޮށް ފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވަން ފަށައިފިޚަބަރު | 3 މަސް ކުރިން55 ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ނިމޭނެ ޚަބަރު | 6 މަސް ކުރިންއޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | 6 މަސް ކުރިންކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 7 މަސް ކުރިން