logo
ޚަބަރު

އިތުރު 4 ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ފޯކައިދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތް-- ފޮޓޯ: ޕީއެސްއެމް
ފޯކައިދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތް-- ފޮޓޯ: ޕީއެސްއެމް

ފޯކައިދޫ ، ފީވައް، ނަރުދޫ އަދި ޅައިމަގުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ފޯކައިދޫ ، ފީވައް، ނަރުދޫ އަދި ޅައިމަގުގައި މިއަދު އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށްތަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތްތަކުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ވަނީ ބައިވެރިވެވަޑައިގެންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަތަރު ރަށުގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ އެހަތަރު ރަށެއްގެ ކައުންސިލަށް ހަނދާނީ ފިލާ ދެއްވާފައެވެ. އޭގެއިތުރުން  އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ އެހަތަރު ރަށެއްގެ ކައުންސިލަށް ރަމްޒީ ކާޑު ހަދިޔާކުރައްވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމަށް މިއަދު ހެނދު ޅައިމަގުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަމިއްލަ ވަޒަނުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބޭނެ މަގު ހުރިހައި ދިވެހިންނަށް ފަހި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމެއް ކަމަށެވެ. އަދި ކުރިއަަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ ޝުކުރުއަދާކުރެއްވިއެވެ.

މިދެރަށުގައިގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.

ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިއާއެމު މި އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވިގެން ދާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއީ ލާމަރުކަޒީ ނިޒާމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުވާނެ ޒަޢާމަތެއް - އާދަމް ޝަރީފްޚަބަރު | މަހެއް ކުރިންއިތުރު 4 ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިޚަބަރު | 3 މަސް ކުރިންހަ އަތޮޅެއްގެ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން އިޢުލާން ކުރަން އަންގައިފިޚަބަރު | 5 މަސް ކުރިންލާމަރުކަޒީ ނިޒާމުގެ ސަބަބުން ތަރައްގީ އާއި ތަހުޒީބަށް މަގުފަހިވާންޖެހޭ : އާދަމް ޝަރީފް އުމަރުޚަބަރު | 7 މަސް ކުރިން