logo
ޚަބަރު

ހަ އަތޮޅެއްގެ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން އިޢުލާން ކުރަން އަންގައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 މާރިޗު 2025 - 01:57
ހަ އަތޮޅެއްގެ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން އިޢުލާން ކުރަން އަންގައިފި

ސަރުކާރުން އިމާރާތްކުރާ 55 ކައުންސިލް އިދާރާގެ ތެރެއިން 6 އަތޮޅެއްގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް އެރަށްރަށުގެ ކައުންސިލްތަކުގައި ދަންނަވާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވިގޮތުގައި ހއ، ހދ، ށ، ނ، ރ އަދި ދ އަތޮޅުގައި އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ދަންނަވާފައިވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ހއ. އުތީމު ކައުންސިލުން ވަނީ އެރަށު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ މިކަމުގައި އުތީމު އުޅެނީ ވަރަށް ކުރީގައިކަމަށެވެ. މިއީ ސަރުކާރުން އަޅަން ނިންމާފައިވާ 55 ކައުންސިލް އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ.

ސިޓީތަކާބެހޭ ވުޒާރާއިން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ރާއްޖޭގައި ހާލަތު ދަށްކޮށް ހުރި 55 ކައުންސިލެއްގެ އިމާރާތް ހެދުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތްތައް ކުރިއަށްގެންދާގޮތަށެވެ.

ވަޒީރު އާދަމް ޝަރީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި 55 ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެއެވެ. އަދި އަމާޒަކީ ކުރިއަށްއޮތް ދެ އަހަރާ ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މިހާތަނަށް 13 ކައުންސިލް އިދާރާއެއްގެ ބިންގާ ވަނީ އަޅާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 17 ދުވަސް ކުރިން50 ކައުންސިލް ޢިމާރާތުގެ ފިޒިބިލިޓީ ހެދުމުގެ މަސައްކަތް ފެށިއްޖެ ޚަބަރު | 23 ދުވަސް ކުރިންކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން އިސްކަންދޭ: ވަޒީރު އާދަމް ޝަރީފު ޚަބަރު | މަހެއް ކުރިންކައުންސިލުތަކުގެ އާމްދަނީ އިތުރުކުރުމާ ގުޅޭ މަޝްވަރާތަކެއް ފަށައިފިޚަބަރު | މަހެއް ކުރިން